ޚަބަރު

މިއަދުވެސް 194 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން މިއަދުވެސް ކޮވިޑް-19އަށް 194 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރައްވާފައިވާ ތަފާސްހިސާބަށް ބަލާއިރު ރޭ އިރުއޮއްސި 18 :00އިން މިރޭގެ 18:00އާ ހަމައަށް ރާއްޖެއިން 194 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރެއިން 191 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 167 ދިވެހިންނާއި ބަންގްލަދޭޝްގެ 16 މީހަކާއި އިންޑިއާގެ 7 މީހަކާއި ސްރީލަންކާ މީހަކާއި، ނޭޕާލް މީހަކާއި، ތައިލެންޑު މީހެއްގެ އިތުރުން އިޓަލީ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 6564އަށް އިތުރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close