ޚަބަރު

ޑެލްޓާއަށް ވުރެ އޮމިކްރޯންގެ ނުރައްކާ ކުޑައެއް ނޫން ، މީހުންތައް މަރުވާން ފަށައިފި

އޮމިކްރޯން އަކީ ޑެލްޓާއަށް ވުރެ ލުއި އަދި ނޭވާލާ ނިޒާމަށް މާބޮޑު އަސަރު ނުކުރާ އެއްޗެއް ކަމަށް ގަބޫލުކުރެވުނު ނަމަވެސް، ތިން ގައުމަކުން މިހާރު ވަނީ އޮމިކްރޯން ޖެހިގެން މީހުން މަރުވެގެން ރެކޯޑް ކުރެވިފައެވެ.
ސާސް-ކޯވް-2 ގެ އެންމެ ފަހުގެ ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ގެ ސަބަބުން ފުރަތަމަ ފަހަރަށް މަރުވި ކަމަށް ބެލެވޭ މީހަކު މަރުވިކަން އިސްރާއީލުގެ ހޮސްޕިޓަލަކުން އަންގާރަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ. އިސްރިއަލްއާއެކު މިހާރު ތިން ގައުމަކުން ވަނީ އޮމިކްރޯން އިން މީހުން މަރުވާ ކަމަށް ރެކޯޑް ކުރެވިފައެވެ.
ތިރީގައި މިވަނީ 3 ޤައުމެއްގައި އޮމިކްރޯން މަރުވާ ވާހަކައާއި ބެހޭ ގޮތުން ލިބިފައިވާ މަޢުލޫމާތެވެ.

އިސްރާއީލް

އިސްރާއީލުން އޮމިކްރޯންގައި މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައިވާ އިރު އިޒްރޭލުގެ ހޮސްޕިޓަލުން ބުނީ ބަލި މީހާއަކީ 60 ގެ އަހަރުތަކުގެ ފިރިހެނެއް ކަމަށާއި އޭނާ އަކީ ކުރިން ވެސް ވަރަށް ސީރިއަސް ހާލަތްތަކެއް ހުރި މީހެއް ކަމަށެވެ. “އޭނާގެ ހާލތު ގޯސްވީ ކޮރޯނާވައިރަހުގެ ސަބަބުން ޖެހޭ ރެސްޕިރޭޓަރީ އިންފެކްޝަންގެ ސަބަބުން ،” އެ ހޮސްޕިޓަލުން ބުންޏެވެ.

އެމެރިކާ

އެމެރިކާގައި ފުރަތަމަ ފަހަރަށް އޮމިކްރޯންގައި މީހަކު މަރުވި ކަމަށް ރެކޯޑް ކުރެވިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އެ ޕޭޝަންޓަކީ އުމުރުން 50 އަހަރާއި 60 އަހަރާ ދެމެދުގެ މީހެއް ކަމަށާއި، އެއީ ވެކްސިން ނުޖަހާ ހުރި މީހެއް ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތް

އިނގިރޭސިވިލާތުން ބުނީ އެ ޤައުމުގައި އޮމައިކްރޯން ވޭރިއަންޓް ޖެހިފައިވާ 12 މީހަކު މަރުވެފައިވާކަމަށެވެ. އިނގިރޭސިވިލާތުގައި އާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުން ދަނިކޮށެވެ.
އޮމިކްރޯން ފުރަތަމަ ކޭސް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ދެކުނު އެފްރިކާއިންނެވެ. ހަފްތާތަކެއްގެ ތެރޭގައި މި ވޭރިއަންޓް ގިނަ ގައުމުތަކަށް ފެތުރިގެން ދިޔައެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޑެލްޓާއަށް ވުރެ ހަލުވިކޮށް މި ވޭރިއަންޓް ފެތުރެމުން ދަނީ ބަލިމަޑުކަމުގެ ދެވަނަ ރާޅު ގެ ސަބަބުން ނަމަވެސް މި ވޭރިއަންޓަކީ މާ ބޮޑު ވޭންތަކެއް ތަހައްމަލުކުރަންޖެހޭ ވޭރިއަންޓެއް ނޫނެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް އޮމިކްރޯން ޖެހޭ މީހުންގެ ތެރެއިން ވެސް އާދައިގެ އަލާމާތްތަކަށް ބަލާއިރު، މި ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށްނެވެ. މި ވޭރިއަންޓަކީ ނޭފަތަށްވެސް އަސަރުކުރާ ވައިރަހެއް ނޫން ކަމަށް ސައިންސްވެރިން ގަބޫލުކުރާއިރު، މި ވޭރިއަންޓްގެ އަލާމާތެއްގެ ގޮތުގައި ކަރުތެރޭގައި ސްކްރެޗް އުފެދުމާއި، ކޯތާފަތުގައި ސްކްރެޗް ކުރާ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.
މި ތިން ގައުމުން ރިޕޯޓްކޮށްފައިވާ މަރުތަކަކީ، މި ހުރިހާ ކޭސްތަކެއްގެ ތަފްސީލެއް އަދި އެނގިފައި ނުވި ނަމަވެސް، ކޮމޮބިޑިޓީސް ހުންނަ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
އެހެންވީމާ، ވެކްސިން ނުޖަހާ ކަމަށްވަންޏާ. އެއަށްވުރެ ބޮޑަށް، އޮމައިކްރޯން ޖެހުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ބޮޑެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިހާރު ހުރި ވެކްސިންތަކަކީ، އޮމިކްރޯންގެ ސަބަބުން ޖެހޭ ކޮވިޑުގެ ނުރައްކާތެރިކަން ކޮންމެވެސް މިންވަރަކަށް ރައްކާތެރި ކުރެވިދާނެ ވެކްސިންތަކެއް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close