ޚަބަރު

މޫސުން ގޯސްވެ ބޮޑުބަޔަކަށް ޔެލޯ އެލަރޓް ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކަށް ޔެލޯއެލަރޓް ނެރެފިއެވެ.  

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 6:10 އިން 10:30 އަށް ގއ.އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލަރޓް ނެރެފައިވާ ކަމަށެވެ.

މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި، އަދި ވިލާ ގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މީގެ އިތުރުން ދެކުނު އަތޮޅުތަކަށް 04:15 އިން 09:00 ވައިޓް އެލާޓް ނެރިފައިވާއިރު، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.

ރާއްޖޭގެ އެކިކޮންކޮޅުތަކަށް ކުރަމުންދާ ވިއްސާރާގައި މާލެއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވެފައިވުމުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close