ޚަބަރު

އޮމައިކްރޯން ނެދަލެންޑްސް: އާ ވޭރިއަންޓަށް 13 އެއާ ފަސިންޖަރުން ޕޮސިޓިވްވެއްޖެ

ނދެކުނު އެފްރިކާއިން އައި ދެ ފްލައިޓެއްގައި ނެދަލޭންޑްސްގެ ވެރިރަށް އެމްސްޓަޑަމްއަށް އައި 13 މީހެއްގެ ގައިން ކޮރޯނާވައިރަހުގެ އާ ވޭރިއަންޓް އޮމިކްރޯންފެނިއްޖެއެވެ.

އެއީ ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވި 61 ފަސިންޖަރުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

ނެދަލެންޑްސްއިން މިކޭސްތައް ފެނިފައި މިވަނީ، ކޮވިޑް-19ގެ އާ ވޭރިއަންޓާ ގުޅިގެން ނެދަލެންޑްސްގައި އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާފައި ވަނިކޮށެވެ.

އޭގެ ތެރޭގައި މެހެމާންދާރީ އާއި ސަގާފީ ތަންތަން އަވަހަށް ބަންދުކުރާ ވަގުތުތަކާއި، މީހުން އެއްވެ އުޅުމުގެ ލިމިޓްތައް ވެސް ހިމެނެ އެވެ.

އޮމިކްރޯންއެންމެ ފުރަތަމަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓްކުރީ މިދިޔަ ބުދަ ދުވަހު ދެކުނު އެފްރިކާއިން ކަމަށްވާއިރު، އަވަސް ހެކިތަކުން ދައްކާ ގޮތުގައި އަލުން އިންފެކްޝަން ޖެހުމުގެ ފުރުސަތު ބޮޑެވެ. ޑަބްލިއުއެޗްއޯއިން ވަނީ އެއީ “ކަންބޮޑުވާ ވޭރިއަންޓެއް” ގެ ގޮތުގައި ކެޓަގަރައިޒް ކޮށްފައެވެ.

ޑަޗް ނެޝަނަލް އިންސްޓިޓިއުޓް ފޯ ޕަބްލިކް ހެލްތުން އާދީއްތަ ދުވަހު 13 އޮމިކްރޯންކޭސް އިޢްލާން ކުރި ނަމަވެސް، އެ އިންސްޓިޓިއުޓްގެ ތަހުލީލުތައް “އަދި ނުނިމޭ” ކަން ފާހަގަ ކޮށްފައިވެއެވެ.

އޭގެ މާނައަކީ، އާ ވޭރިއަންޓް އަދިވެސް އިތުރު ޓެސްޓު ސާމްޕަލްތަކުން ފެނިދާނެ ކަމަށް، ޑަޗް ނޭޝަނަލް އިންސްޓިޓިއުޓް ފޮރ ޕަބްލިކް ހެލްތުން ވަނީ ފާހަގަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close