ޚަބަރު

ހޮރްމޫޒް ގަރާރުގައި ރާއްޖެއިން ސޮއިކޮށްފި

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން، ހޮރްމޫޒް ކަނޑުއޮޅީގެ މިނިވަންކަމާ ގުޅޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރެއް ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފިއެވެ. އަރަބި ހަ ގައުމެއް ކަމަށްވާ ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔޫއޭއީ އަދި ޖޯޑަން ގުޅިގެން ހުށަހެޅި މި ގަރާރަކީ ކަނޑުމަގުން ކުރާ ވިޔަފާރިތަކާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ ގަރާރެކެވެ.

މި ގަރާރުގައި ބައިވެރިވުމަށް ރާއްޖެއިން ނިންމި ނިންމުމުގެ ސަބަބުން، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކުގެ ދަށުން ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ލިބިގެންވާ ޚާއްސަ ހައްގުތަކާއި އިހްތިސާސްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ރާއްޖެއިން މި ގަރާރު ކޯ-ސްޕޮންސާ ކުރީ މީގެ ސަބަބުން ގައުމީ މަސްލަހަތަށް ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް نޭދެވޭ އަސަރެއް ކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކުން އިސްތިސްނާވާ ގޮތުގެ މަތިންނެވެ.

ގަލްފު ސަރަހައްދުގެ މަސްރަހު ފިނިކުރުމަށާއި، ބައިނަލްއަގުވާމީ ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ކުޑަކުރުމަށް ބާރުއެޅުމަކީ ދިވެހި ސަރުކާރުން އިސްކަންދޭ ކަމެއްކަންވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close