ރައީސް ޞޯލިޙު އިތުރު ދައުރެއް ބޭނުންވެގެން އެވާހަކަ ވިދާޅެއް ނުވެ – ރައީސް ނަޝީދު
މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިޙު ރައީސްކަމުގެ އިތުރު ދައުރެއް ބޭނުންވެލައްވައިގެން، އެކަމަށް އެދިލައްވާފަ ނުވާކަމަށް، ރައްޔިތުން މަޖިލީހުގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ރައްޔިތުން މަޖިލީހުގެ ފަރާތުން މިހާރު ކުރިއަށްދާ “އާސްކްސްޕީކަރ” ގައި އާންމު މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވާން ބޭނުންވެގެން އެދުމުންވެސް ރައީސް ޞޯލިޙު ސީދާއެކަމަކަށް ދެކޮޅެއް ނުހައްދަވާ ކަމަށާއި، ރައީސް ޞޯލިޙު ވިދާޅުވީހާވެސް އެއްޗަކީ، ތިކަމަށްވެސް ގޮތްނިންމަވާނީ ރައްޔިތުންކަމަށްވެސް ރައީސް ޞޯލިޙު ވިދާޅުވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަބަދުވެސް އަޅުގަނޑު ރައީސް ޞޯލިހަށް އިޚްލާޞްތެރިވާނެކަމަށާއި ރައީސް ޞޯލިޙު އެމަޤާމަށް ގެނައުމަށްޓަކައި އެންމެބޮޑު މަސައްކަތެއް ކުރެއްވީވެސް އަޅުގަނޑުކަމަށް ރައީސް ނަޝީދަށް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވިއެވެ.


