ޚަބަރު އިންޑިއާގެ ޓީ-ބިލަށް ފައިސާ ނުދެއްކިއްޖެނަމަ ރާއްޖޭގެ ކްރެޑިޓް ރޭޓިން “އާރްޑީ” އަށް ވެއްޓިދާނެ: ރައީސް ނަޝީދު

އިންޑިއާގެ ޓީ-ބިލަށް ފައިސާ ނުދެއްކިއްޖެނަމަ ރާއްޖޭގެ ކްރެޑިޓް ރޭޓިން “އާރްޑީ” އަށް ވެއްޓިދާނެ: ރައީސް ނަޝީދު

އިންޑިއާގެ ޓީ-ބިލަށް ފައިސާ ނުދެއްކިއްޖެނަމަ ރާއްޖޭގެ ކްރެޑިޓް ރޭޓިން “އާރްޑީ” އަށް ވެއްޓިދާނެ: ރައީސް ނަޝީދު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންޑިއާގެ ޓީ-ބިލަށް ތާރީޚަށް ފައިސާ ނުދެއްކިއްޖެނަމަ ބައިނަލްއަޤްވާމީ މާލީ މާހައުލުގައި ރާއްޖޭގެ އިގްތިސާދީ ސައްހަކަން ގެއްލި، މޫޑީސް އާއި ފިޗުގެ ރޭޓިން އާރްޑީ (ރިސްޓްރިކްޓެޑް ޑިފޯލްޓް) އަށް ދަށްކޮށްފާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީ-ބިލުގެ މުއްދަތު މިއަދަށް ހަމަވާއިރު، އެ ފައިސާ ވަގުތަށް ނުދެއްކިއްޖެނަމަ ފުރަތަމަ ތިން ދުވަހުގެ ތެރޭގައި ޓެކްނިކަލް ޑިފޯލްޓަކަށް ބަދަލުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ހާލަތެއްގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އެއީ މުއްދަތު ހަމަވެފައިވާ ދަރަންޏެއްގެ ގޮތުގައި ކަނޑައަޅައި، އެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ރިޕޯޓުކުރަން ޖެހޭނެއެވެ.

އެއަށްފަހު ފެށޭ 30 ދުވަހުގެ ގްރޭސް ޕީރիަޑްގެ ތެރޭގައި ރާއްޖޭގެ ބައިނަލްއަޤްވާމީ ބޮންޑުތަކާއި ސުކޫކުތަކުގައި ހިމެނޭ ކްރޮސް ޑިފޯލްޓް ކްލޯޒްތަކުގެ ސަބަބުން، އެހެނިހެން ކްރެޑިޓަރުންވެސް ދަރަނި އަވަހަށް އަދާކުރުމަށް ޑިމާންޑުކުރުމުގެ ފުރުސަތު ބޮޑުކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

މިދިޔަ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި ބަޖެޓަށް އެހީވުމަށް ވިއްކި 200 މިލިއަން ޑޮލަރުގެ ޓީ-ބިލުގެ ތެރެއިން މިއީ ދައްކަން ބާކީ އޮތް އެންމެ ފަހު 50 މިލިއަން ޑޮލަރެވެ.

މިދިޔަ މެއި މަހު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން 50 މިލިއަން ޑޮލަރު ދައްކާފައިވީ ނަމަވެސް، މި ފަހަރުގެ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދުނު ނަމަވެސް އިންޑިއާއިން އަދި މިހާތަނަށް އެކަމަށް އެއްބەސްވެފައެއް ނުވެއެވެ.

ޓެގް

ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.