ޚަބަރު ކަނޑުގެ ސަރަޙައްދު ގެއްލުނު މައްސަލައިގައި އިހުމާލުވި ފަރާތްތައް ހޯދަން ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުފައްދަވައިފި

ކަނޑުގެ ސަރަޙައްދު ގެއްލުނު މައްސަލައިގައި އިހުމާލުވި ފަރާތްތައް ހޯދަން ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުފައްދަވައިފި

ކަނޑުގެ ސަރަޙައްދު ގެއްލުނު މައްސަލައިގައި އިހުމާލުވި ފަރާތްތައް ހޯދަން ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުފައްދަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއާއި ޗާގޯސް (ފޯޅަވަހި) އާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމަށް ބައިނަލްއަޤްވާމީ ކޯޓުގައި ހިނގައިދިޔަ މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ގެއްލުނު ގޮތް ހޯދައި ބެލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

ޤާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި ޤަރާރަކުން މި ކޮމިޝަން އުފެއްދެވީ، ބައިނަލްއަޤްވާމީ ޚަބީރުންގެ ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކަނޑުގެ ބޮޑު ސަރަޙައްދެއް ބީވެގެން ދިޔައީ ދައުލަތުން އޭރު ޢަމަލުކުރި ގޮތުގެ ސަބަބުން ކަމަށް ވާތީއެވެ. މިއީ ޤައުމުގެ މަސްވެރިކަމަށާއި ކަނޑުއަޑީގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.

އަލްއުސްތާޛު އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު) ރިޔާސަތު ބަލަހައްޓަވާ މި ކޮމިޝަނުގައި ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރު ހަތް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ޤާނޫނީ، އިދާރީ އަދި ސަލާމަތީ ޚިދުމަތްތަކުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާއިރު، މިއީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސް އިޢުލާނުކުރައްވާފައިވާ މުހިންމު ވަޢުދެކެވެ.

މި ކޮމިޝަނުގެ މައިގަނޑު މަޤްޞަދަކީ އިޓްލޮސްގެ ޝަރީޢަތް ނިމެންދެން މައްސަލަ ހިންގުމުގައި ދައުލަތުގެ ވެރިންނާއި، ލަފާދިން ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ވަކިވަކިން ބަލައި ތަޙުޤީޤުކުރުމެވެ. މީގެއިތުރުން، އެ މައްސަލައިގެ ލިޔެކިޔުންތައް ރައްކާކުރެވިފައިވާ ގޮތް ބަލައި، އިހުމާލުވި ފަރާތްތަކާ މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް ސަރުކާރަށް ލަފާދޭނެއެވެ.

ރިޔާސީ ޤަރާރުގައިވާ ގޮތުން، ކަނޑުގެ ސަރަޙައްދު ގެއްލެން މެދުވެރިވި ސަބަބުތައް ހޯދައި، ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ހަރުދަނާ އުސޫލުތައް އެކުލަވާލުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މުއްދަތެއް ވަންދެން މި ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.