ޚަބަރު

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.ޒިޔާދަށް ކުރި ޚިޔާނާތުގެ ދައުވާ ސާބިތެއް ނުވި


ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ މިސްބާހް މުހައްމަދު ނިންމަވައިފިއެވެ.

ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭން ކުރި ކަމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރި މައްސަލައިގައެވެ. އަހްމަދު އަބްދުﷲ ސައީދުގެ މައްޗަށް ވެސް މި އުފުލީ މި ދައުވާއެވެ.

އޭސީސީން މި މައްސަލަ ތަހުގީގު ކުރުމަށް ފަހު އެކުލަވާލި ރިޕޯޓްގައި ވަނީ، ޒިކުރާ މިސްކަތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެލުމަށް އެސް ޖޭ ކޮސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލް ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތު ނެތް ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރީ އެ އޮންނަ އުސޫލުގެ ބޭރުން ކަމަށާއި އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް އޮތެވެ.

މި މައްސަލައިގައި ޚުލާސާ ބަޔާން އިއްވާފައިވަނީ 5 އޮކްޓޯބަރު 2021 ގައެވެ. ޚުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ވަޒީރެއްގެ ޙައިސިއްޔަތުން އެއްބަސްވުމުގެ ޒިންމާ ޑރ. ޒިޔާދު ބާޤިރު ނަންގަވަން ޖެހޭނެ ކަމަށެވެ. އެގޮތުން އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން ބަންޑާރަނައިބުގެ އޮފީހުން ނުވަތަ މިނިސްޓްރީގެ ޤާނޫނީ ސެކްޝަނުން ނަމަވެސް، ޤާނޫނީ ލަފައެއް ހޯއްދަވާފައި ނުވާކަން ވަކީލާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މިއީ ރައީސް އޮފީހުން އަންގައިގެން ކުރި ކަމެއްކަން ދިފާއުން ފާހަގަކޮށްފައި ވީނަމަވެސް، ރައީސްގެ އެންގެވުމަށް ވަޒީރަކަށް ކޮންމެ ކަހަލަ ކަމެއްވެސް ކުރެވިދާނެތޯ ދައުލަތުން ސުވާލު އުފެއްދިއެވެ. އެގޮތުން މި މަޝްރޫއު އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކުރިއަށް ގެންގޮސް، ޕްރޮޕޯސަލްގައިވާ އަދަދަށްވުރެ އިތުރަށް ފަންގިފިލާ ހިމަނައިގެން އެއްބަސްވުން ޙަވާލުކޮށްފައިވާއިރު، މިއީ ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުންކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ. ޚުލާސާ ބަޔާން އިއްވަވަމުން ދައުލަތުން ވަނީ މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close