ޚަބަރު

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން ވ.އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ އެލަރޓް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ.

ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް އެލާޓްނެރެފައި ވަނީ 20:00 ފެށިގެން 01:00 އަށެވެ.

މިދުވަސްވަރު ވިއްސާރަ ކުރަމުން ދާއިރު އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެން ވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހަމަކުރެއެވެ.

މެޓް އޮފީހުން ވަނީ އެސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް އުތުރުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close