ޚަބަރު އިތުރު 20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

އިތުރު 20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިއްޙީ ދާއިރާ ތަރައްޤީ ކުރުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން އިތުރު 20  ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.

ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސްއެއް ރާއްޖެ ގެނެސްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ސަރުކާރުން ވިދާޅުވެފައިވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ގެންނާނެކަމަށެވެ. އަދި ދެން ހުރި އެމްބިއުލާންސްތައްވެސް ވަރަށް އަވަހަށް ރާއްޖެ ގެންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އެމްބިއުލަންސް ފޮނުވި ރަށްތައް:

އއ.ތޮއްޑޫ

ފ.ބިލެއްދޫ

ތ. ގާދިއްފުށި

ތ.މަޑިފުށި

ގއ. ގެމަނަފުށި

ކ.މާމެންދޫ

އދ.ދަނގެތި

ކ.ހުރާ

ބ.ކުޑަރިކިލު

ބ.ތުޅާދޫ

ޅ.ކުރެންދޫ

ރ.އިނގުރައިދޫ

ނ.މިލަދޫ

ނ.ހެނބަދޫ

ށ.މަރޮށި

ށ.ފޯކައިދޫ

ހދ.ނޮޅިވަރަން

ހދ.މަކުނުދޫ

ހއ.އުލިގަމު

ހއ.ފިއްލަދޫ

މިއީ މިދިޔަ ޖޫންމަހު އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް އެސްޓީއޯއަށް ހަވާލުކުރި އެމްބިއުލަންސްތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓްގެ ތެރެއިން ގެނައި އެމްބިއުލާންސްތަކެކެވެ. ސަރުކާރުން ވިދާޅުވީ މިފަހަރު އެމްބިއުލާންސްތައް ފޮނުވާފައިވަނީ އެންމެ ބޮޑަށް އެމްބިއުލާންސް ނެތުމުގެ ދަތިކަން ކުރިމަތިވާ ރަށްތަކުގެ ތެރެއިން 20 ރަށަށްކަމަށެވެ.

ހެލްތު މިނިސްޓަރު އަޙްމަދު ނަޞީމް ވިދާޅުވީ އަލަށް ގެންނަ އެމްބިއުލާންސްތަކުގެ ސަބަބުން ޚިދުމަތް އިތުރަށް ފުޅާވެ، އަތޮޅުތަކުގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެކަމަށެވެ.

ޓެގް

އެމްބިއުލާންސް ހެލްތްމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.