ޚަބަރު ހަމައެކަނި ރަށުކައުންސިލުން ހުއްދަދީގެން ރުއްގަސް ނުނެގޭނެ – އީޕީއޭ

ހަމައެކަނި ރަށުކައުންސިލުން ހުއްދަދީގެން ރުއްގަސް ނުނެގޭނެ – އީޕީއޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހަމައެކަނި ރަށުކައުންސިލުން ހުއްދަދީގެން ރުއްގަސް ނަގައިގެން އެއްރަށުން އަނެއްރަށަށް ނުގެންދެވޭނެކަމަށާއި، އެއްވެސް ރަށަކުން ރުއްގަސް ކެނޑުން ނުވަތަ ނެގުމުގެ ހުއްދަދޭނީ އެޗްޕީއޭއިން ކަމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވިދާޅުވެއްޖެއެވެ.

އީޕޭއިން ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ރުށްގަސް ކަނޑައި ނުވަތަ ނަގައިގެން އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމަށެވެ.

އީޕީއެއިން މިގޮތަށް ވިދާޅުވެފައިވަނީ ހަމައެކަނި ކައުންސިލްގެ ހުއްދައަށް ރިޢާޔަތްކޮށް ޤަވާއިދާ ޚިލާފަށް ގިނަ ފަރާތްތަކަކުން ރުށްގަސް ކަނޑައި ނުވަތަ ނަގައިގެން އެއްތަނުން އަނެއް ތަނަށް ގެންދާ ކަމަށް ފާހަގަކުރެވިގެންނެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ” ރުއްގަސް ކެނޑުމާއި އުފުރުމާއި، ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމާ ބެހޭ ޤަވާއިދުގެ ދަށުން މިކަން ކުރެވޭނީ އީޕީއޭގެ ހުއްދަ ލިބިގެންނެވެ.

ރަށަކުން ނަގާފައިވާ ރުއްތަކެއް / ނާރެސްފޮޓޯ

އެހެންކަމުން ރުށްގަސް ނެގޭނީ ކައުންސިލްގެ ހުއްދައިގެ އިތުރުން އީޕީއޭގެ ހުއްދަ ލިބިގެން ކަމަށްވާތީ ރިޒޯޓް ތަރައްޤީކުރާ ފަރާތްތަކުންނާއި، ކޮންޓްރެކްޓަރުންނާއި، ކައުންސިލްތަކުން މިކަން ޔަޤީންކުރުމަށް އީޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ރުއްގަސް ނަގާ އެއްތަނުން އަނެއްތަނަށް އުފުލާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް:-

* އެމަޝްރޫޢަކަށް ދޫކޮށްފައިވާ އީއައިއޭ ޑިސިޝަން ސްޓޭޓްމަންޓް ނުވަތަ ރުއްގަސް ޤަވާއިދުގެ ދަށުން ދީފައިވާ ހުއްދަ

* ދޫކޮށްފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދީފައިވާ ރުއްގަހުގެ އަދަދު

* ރުއްގަސް ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުގެ ބޮޑުމިން

* ރުއްގަހާއި އެކު ރަށްރަށުން ކަޅުފަސް ބޭރުނުކުރުން

އަދި މިދެންނެވުނު ހުއްދަތައް މަސައްކަތްކުރާ ފަރާތްތަކުގެ އަތުގައި އަދި ރުއްގަސް އުފުލާ އުޅަނދު ފަހަރުގައި ހުންނަން ޖެހޭނެ ކަމަށާއި، މިގޮތަށް ލިޔެކިއުންތައް ފުރިހަމަ ނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އީޕީއޭއިންވަނީ ވިދާޅުވެފައެވެ.

ޓެގް

އީޕީއޭ ރުއްގަސްނެގުން ރުއްގަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.