ބޭރުދުނިޔެ

އެމެރިކާގެ ހަނގުރާމަވެރިންނަށް އިތުރު އިނާޔަތްތައް ދެނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން، އޭނާގެ ދައުރުގެ އެންމެ ފަހު ވެޓެރަންސް ޑޭގައި، އެމެރިކާގެ ހަނގުރާމަވެރިންނަށް އިތުރު އިނާޔަތްތައް ދޭނެކަމަށް ވަޢުދުވެއްޖެއެވެ.

މިއަދު އާލިންގްޓަން ނެޝަނަލް ސެމެޓްރީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ބައިޑަން ވިދާޅުވީ، އެމެރިކާގެ ހަނގުރާމަވެރިންނަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ރަނގަޅު ހަނގުރާމަވެރިންކަމަށެވެ.
ރައީސް ބައިޑަން ވިދާޅުވީ، 2022 ވަނަ އަހަރު ފާސްކުރި ޕެކްޓް އެކްޓްގެ ދަށުން ކަވަރުކުރާ ކެންސަރުގެ ބާވަތްތައް އިތުރުކުރާނެ ކަމަށެވެ. މި ޤާނޫނުގެ ދަށުން، ހަނގުރާމައިގައި ނުރައްކާތެރި ކެމިކަލްތަކަށް ހުށަހެޅިފައިވާ ހަނގުރާމަވެރިންނަށް ޞިއްޙީ ފަރުވާއާއި ނުކުޅެދުންތެރިކަމުގެ ބަދަލު ދިނުން ފުޅާކުރެވުނެވެ.

“ތިޔަބޭފުޅުންނަށް ޖެހިފައިވާ ކޮންމެ ބައްޔެއްވެސް މަދުބައްޔެއް ފިޔަވައި ކަށަވަރުކުރާނަން. އަޅުގަނޑުގެ ދައުރު ނިމުމުގެ ކުރިން މި ޤަވާއިދު ތަންފީޒުކުރުމަށް އަޅުގަނޑުމެން ވަނީ އަޒުމް ކަނޑައަޅާފައި،” ބައިޑަން.

“އަޅުގަނޑުމެންގެ ޤައުމުގެ ގިނަ ހަނގުރާމަވެރިން ވަނީ ޚިދުމަތްކުރުމަށްފަހު ގެއަށް އެނބުރި އައިސް، ނުރައްކާތެރި ކެމިކަލްތަކުގެ ދާއިމީ އަސަރުތަކާ ކުރިމަތިލާންޖެހިފައި. ގިނަ ބަޔަކު ވަނީ އަޅުގަނޑުމެންގެ ދަރިފުޅު ބިއު އަދި ޕެކްޓް އެކްޓް ނަންދެވިފައިވާ ސާޖަންޓް ފަސްޓް ކްލާސް ހީތް ރޮބިންސަން ފަދައިން ނިޔާވެފައި.” ބައިޑަން

އެމެރިކާގައި ކޮންމެ އަހަރެއްގެ ނޮވެމްބަރ 11 ވަނަ ދުވަހަކީ ވެޓެރަންސް ޑޭގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަހަކީ އެމެރިކާގެ ހުރިހާ ހަނގުރާމަވެރިންނަށް ޝުކުރު އަދާކޮށް، އެ ފަރާތްތަކުގެ ޚިދުމަތް ފާހަގަކުރާ ދުވަހެވެ. 2022 ވަނަ އަހަރު ފާސްކުރެވުނު ޕެކްޓް އެކްޓަކީ (Promise to Address Comprehensive Toxics Act) ހަނގުރާމައިގައި ނުރައްކާތެރި ކެމިކަލްތަކަށް ހުށަހެޅިފައިވާ ހަނގުރާމަވެރިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލެވުނު ޤާނޫނެކެވެ.

ބައިޑަންގެ ދަރިފުޅު ބިއު ބައިޑަން، 2015 ވަނަ އަހަރު ސިކުނޑީގެ ކެންސަރުބަލީގައި މަރުވިއެވެ. މިކަމާ ގުޅިގެން ބައިޑަން ވަނީ ހަނގުރާމަވެރިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކަށް ޚާއްޞަ ސަމާލުކަމެއް ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close