ޚަބަރު ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް ރަސްމީކޮށް އަރުވައިފި

ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް ރަސްމީކޮށް އަރުވައިފި

ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުޢިއްޒަށް ރަސްމީކޮށް އަރުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވައިފިއެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ރައީސް މުޢިއްޒަށް މި ޓިކެޓް ހަވާލުކޮށްދެއްވީ ޕާޓީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނެވެ. މިގޮތަށް ހަމަޖެއްސީ ކޮންގްރެސްގެ މަންދޫބުންގެ އިއްތިފާޤުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރި ޤަރާރާ ގުޅިގެންނެވެ.

ރާއްޖޭގައި މިހާރު އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ ޕީއެންސީއެވެ. އެ ޕާޓީގައި މިވަގުތު 79،000 އަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ.

ޕީއެންސީގެ އަމާޒަކީ ކުރިއަށް އޮތް 2028 ވަނަ އަހަރު އަންނަންވާއިރަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އަދަދު 100,000 އަށްވުރެ މައްޗަށް ޖެއްސުމެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕީއެންސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.