އެފްއޭއެމުން އޭޑީކޭއަށް 1.7 މިލިއަން ދައްކަން ހުކުމްކޮށްފި
އެފްއޭއެމުން އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މިއީ މި އަހަރުގެ އޭޕްރީލް މަހު އޭޑީކޭއިން އެފްއޭއެމާ ދެކޮޅަށް ދައުވާ ކުރި މައްސަލައެކެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހާ ހިސާބަށް ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ 1،703،084.75ރ. އެކީ އެއްފަހަރާ ހޯދުމަށެވެ.
މި ދައުވާއާ ގުޅިގެން މިދިޔަ މަހު އެފްއޭއެމުން ކޯޓަށް ދިން ޖަވާބުގައި އެދިފައިވަނީ މި ވަގުތު މި ފައިސާ އެއްފަހަރާ ދައްކަން ދަތި ކަމަށާއި އެހެންވެ އެއް އަހަރު ތެރޭ މި ދަރަނި ހަލާސްކުރުމަށް ފުރުސަތެއް ދިނުމަށެވެ. އެފްއޭއެމުން އެ ގޮތަށް ކޯޓުގައި އެދުނު ނަމަވެސް އޭޑީކޭ އިން އެގޮތަށް އެއްބަސްނުވީ އެވެ.
ފައިސާ ދައްކާނެ މުއްދަތާ މެދު އެއްބަސްނުވެވުމުން ސިވިލް ކޯޓުން ނިންމީމަސް ދުވަހުގެ ތެރޭގައި މި ފައިސާ ދައްކާ ހަލާސްކުރުން ކަމަށެވެ. އެނގިފައިވާ ގޮތުގައި މި ފައިސާ އަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕާއި ސާފް ޗެމްޕިއަންޝިޕުގެ ތެރޭގައި އެފްއޭއެމުން ހޯދި ހިދުމަތްތަކަށް ދޭން ޖެހޭ ފައިސާ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އެހެން މައްސަލައެގައިވެސް އޭޑީކޭއަށް ފައިސާ ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމެއްކޮށްފައި އެބައޮތެވެ.




ދެން ބުނޭ އެހެން ބަޔަކު ފަރުވާ ހޯދާފައި ތިމަންނަމެންނަށް ބިލްކުރީއެވެ. ބޭސް ކުރި ބަޔަކު އަތުން ފައިސާ ހޯދާށެވެ. އެފްއޭއެމެއްވާ ނެތެވެ. ހުރީ އަމީންގައިހުރި 22 މިލިޔަން ރުފިޔާގރ އެޕާރޓްމަންޓެވެ.،