ޚަބަރު ޒުވާނުންނަށް ހުނަރުވެރިކަން ހޯދައިދޭ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުން އިތުރު ދަރިވަރުންތަކެއް ދަސްވެނިވެއްޖެ

ޒުވާނުންނަށް ހުނަރުވެރިކަން ހޯދައިދޭ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުން އިތުރު ދަރިވަރުންތަކެއް ދަސްވެނިވެއްޖެ

ޒުވާނުންނަށް ހުނަރުވެރިކަން ހޯދައިދޭ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުން އިތުރު ދަރިވަރުންތަކެއް ދަސްވެނިވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން އިސްނަގައިގެން ޒުވާނުންނަށް ހުނަރާއި ފަންނުވެރިކަން އުނގަންނައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ނޭޝަނަލް ސާވިސް ސްކިލްސް ޓްރެއިނިން ޕްރޮގްރާމުގެ ތިންވަނަ ބެޗު ކާމިޔާބުކަމާއެކު ނިންމާލައި، ގިނަ އަދަދެއްގެ ދަރިވަރުންތަކެއް މިއަދު ސެޓްފިކެޓް ހާސިލުކޮށްފިއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ތިންވަނަ ބެޗުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރު ހަސަން ރަޝީދެވެ.

ރާއްޖޭގެ 112 ރަށަކުން 352 ދަރިވަރުން ބައިވެރިވި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 341 ދަރިވަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ. މި ބައިވެރިންނަށް ތަފާތު އެކި ދާއިރާތަކުން ބޭނުންވާ ހުނަރުތައް އުނގަންނައިދީފައިވާއިރު، މި ކޯސް ކާމިޔާބުކަމާއެކު ނިންމާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ޤަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.

މިހާތަނަށް އައިއިރު ވަތަނީ ޚިދުމަތުގެ އިނީޝިއަލް ތަމްރީނު ޕްރޮގްރާމުން ޖުމުލަ 1029 ދަރިވަރުން ވަނީ ތަޢުލީމާއި ތަމްރީނު ހާސިލުކޮށްފައެވެ. މީގެކުރިން ކުރިއަށްދިޔަ ފުރަތަމަ ދެ ބެޗުން ވެސް ކޮންމެ ބެޗަކުން 344 ދަރިވަރުން ދަސްވެނިވެފައިވާއިރު، ފުރަތަމަ ބެޗުގެ ބައިވެރިންގެ ތެރެއިން 137 ދަރިވަރަކު ވަނީ ދިވެހި ސިފައިންގެ އަސާސީ ތަމްރީނު ކޯސް ވެސް ފުރިހަމަކޮށްފައެވެ.

ޓެގް

އެމްއެން ޑީއެފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.