ޚަބަރު ޤައުމުގެ މިނިވަންކަމަށް އަސަރުކުރަނީ ހަމައެކަނި ހަތިޔާރަކުން ނޫން: ޣައްސާން

ޤައުމުގެ މިނިވަންކަމަށް އަސަރުކުރަނީ ހަމައެކަނި ހަތިޔާރަކުން ނޫން: ޣައްސާން

ޤައުމުގެ މިނިވަންކަމަށް އަސަރުކުރަނީ ހަމައެކަނި ހަތިޔާރަކުން ނޫން: ޣައްސާން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއަދުގެ ދުނިޔޭގައި ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤްލާލަށް އަސަރު ފޯރުވަނީ ހަމައެކަނި ކަނޑިއާއި ބަޑީގެ ބާރުން ނޫން ކަމަށާއި، ފާޅުކަން ބޮޑު ގޮތެއްގައި ލިބޭ ގެއްލުންތަކުގެ އިތުރުން ސިއްރު ނުރައްކާތަކަށްވެސް ޤައުމު އަބަދުވެސް ހޭލައި އޮންނަންޖެހޭ ކަމަށް ކުރީގެ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 38 ވަނަ ނަޞްރުގެ ދުވަހާ ގުޅުވައިގެން މީސްމީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ޣައްސާން ވިދާޅުވީ، ޤައުމެއްގެ އެއްބައިވަންތަކަމާއި ސިޔާދަތަށް ނުރައްކާ ކުރިމަތިވަނީ ހަމައެކަނި ބޭރުފުށުން ފެންނަ ދުޝްމަނުންގެ ފަރާތުން ނޫން ކަމަށެވެ. އެހެންކަމުން "ރައްކާވެ ތިބިއްޔާ ދަތުރު" މި އުޞޫލު އިސްކޮށް، ޤައުމީ ޙައްޤުތައް ޙިމާޔަތްކުރުމުގައި ދިވެހިން އަބަދުވެސް ސަމާލުވެ ތިބުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި އަސްކަރިއްޔާގެ ހިތްވަރަށް ތަޢުރީފު ކުރައްވަމުން ޣައްސާން ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ސިފައިން ދެއްކެވި ފަދަ ޤައުމީ ލޯތްބާއި މަތިވެރި ޢަޒުމު މިއަދުވެސް ސިފައިންގެ ކިބައިގައި އެބައޮތް ކަމަށެވެ. އަދި އަމިއްލަ ތަޖުރިބާގެ އަލީގައި ދިވެހި އަސްކަރިއްޔާގެ އިޚްލާޞްތެރިކަން ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށާއި، މިއަދުވެސް ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވާން ސިފައިން ތިބީ ތައްޔާރަށް ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވިދާޅުވިއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިންގެ ޚާއިނުންތަކަކާއި ސްރީލަންކާގެ ތަމަޅަ ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ "ޕްލޮޓް" ގުޅިގެން ވެރިކަން ވައްޓާލަން ދިން ނުރައްކާތެރި ޙަމަލާ ހިނގިއިރު، ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވީ ޣައްސާންގެ ބައްޕާފުޅު އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.

މި ލާއިންސާނީ ޢުދުވާނުގައި ޤައުމުގެ ސިޔާދަތާއި އިސްލާމްދީނުގެ ޙައްޤުގައި ކުރި ވަރުގަދަ ޖިހާދުގައި ސިފައިންގެ 8 ބޭކަލަކާއި 11 ޢާންމު ރައްޔިތުން ހިމެނޭހެން ޖުމްލަ 19 ދިވެހި ދަރިން ވަނީ މި ފަސްގަނޑަށް ޝަހީދުވެފައެވެ.

ޓެގް

ނަސްރުގެދުވަސް ޣައްސާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.