ޚަބަރު ނ. އަތޮޅުގެ ރަށްތަކަށް ފެނަކައިން ދެމުން އައި އަސާސީ ޚިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

ނ. އަތޮޅުގެ ރަށްތަކަށް ފެނަކައިން ދެމުން އައި އަސާސީ ޚިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

ނ. އަތޮޅުގެ ރަށްތަކަށް ފެނަކައިން ދެމުން އައި އަސާސީ ޚިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތާ އެއްގޮތަށް، ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި ޔުޓިލިޓީގެ އެންމެހައި ޚިދުމަތްތައް ދިނުމުގެ ޒިންމާއާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، އެ މަސައްކަތްތައް ފަށައިފިއެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، މި ބަދަލާ ގުޅިގެން ނ. އަތޮޅުގެ ރަށްރަށުގައި މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކާ އެއްވަރަށް މަތިކުރުމުގެ މަސައްކަތް އަންނަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ކުރަމުންނެވެ. އަދި ކުންފުނީގެ އެންމެ އިސް އަމާޒަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރު ހުރި، ރަނގަޅު ފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ބަޔާންކުރެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ޔުޓިލިޓީގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ ފިޔަވަޅުތަކެއް އަޅަމުންދެއެވެ. އެގޮތުން، ޚިދުމަތް ދިނުމުގެ ދިގު ތާރީޚަކާއި ފަންނީ ޤާބިލުކަން ލިބިފައިވާ ސްޓެލްކޯއާ މި އަތޮޅުގެ ޚިދުމަތްތައް ހަވާލުކުރުމަކީ، އެ ރަށްތަކުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ އަދި ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ދެކެއެވެ.

ފެނަކަ ކޯޕަރޭޝަން އުވާލަން ނިންމަވާފައިވާކަން ސަރުކާރުން މިދިޔަ އޮގަސްޓު މަހު ރަސްމީކޮށް ހާމަކޮށްފައިވާއިރު، އެ ނިންމުމުގެ ކުރިންވެސް ފެނަކައިން ބަލަހައްޓަމުން ދިޔަ މިފަދަ އަސާސީ ޚިދުމަތްތައް ސްޓެލްކޯގެ އިދާރީ އޮނިގަނޑުގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން އައީ މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަމުންނެވެ.

ޓެގް

ސްޓެލްކޯ ފެނަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.