ބޭރުދުނިޔެ ސްޕެއިންގެ ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެއްޖެ

ސްޕެއިންގެ ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެއްޖެ

ސްޕެއިންގެ ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ ދެކުނުން އޮންނަ އުރުދާ ސަރަޙައްދުގައި ދެ ހައި-ސްޕީޑް ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވި މީހުންގެ އަދަދު 68 އަށް އަރައި، 100 އަށްވުރެ ގިނަ މީހުންނަށް ތަފާތު އަނިޔާތައް ވެއްޖެއެވެ.

ކާސްޓީޔާ-ލާ މަންޗާ ސަރަޙައްދުގެ ލީޑަރު އެމިލިއާނޯ ގާސިއާ-ޕޭޖް ވިދާޅުވީ، ކުނިބުނިތަކުގެ ދަށުން އިތުރު ހަށިގަނޑުތައް ފެންނަމުންދާތީ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ. ސަރަޙައްދީ ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި ހޮސްޕިޓަލްގައި ފަރުވާދެމުންދާ 58 މީހުންގެ ތެރެއިން 15 މީހެއްގެ ޙާލަތު ވަރަށް ނާޒުކެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ސަރުކާރުގެ ރޭލު ކުންފުނި ރެންފޭގެ އޭވީއީ ރޭލަކާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ އިރްޔޯގެ ރޭލެއް ޖެހިގެންނެވެ. ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ ވިދާޅުވި ގޮތުގައި، އޮޓޯމެޓިކް ކޮންޓްރޯލް ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ޚިދުމަތް ހުއްޓިފައިވަނިކޮށް، ކޮންޓްރޯލް ސެންޓަރުން ހެދި ގޯހަކުން ދަތުރުތައް އަލުން ފެށުމަށް އެންގުމުން، ރެންފޭގެ ރޭލު ގަޑިއަކު 200 ކިލޯމީޓަރުގެ ބާރުމިނުގައި ގޮސް ހުއްޓިފައި އޮތް އިރްޔޯގެ ރޭލުގައި ވަނީ ޖެހިފައެވެ.

ޙާދިސާއިން ސަލާމަތްވި އުމުރުން 42 އަހަރުގެ ޕަބްލޯ މެހިއާ ބުނީ، އޭނާ ގޮނޑި ބަދަލުކުރުމުން ސަލާމަތްވީ އަޖައިބެއް ފަދަ ގޮތަކަށް ކަމަށާއި، ބާރުގަދަ ގޮވުމަކާއެކު ރޭލުގެ ގޮނޑިތަކާއި ފޮށިތައް ނެއްޓި ބޮޑު އޮޅުންބޮޅުންގަނޑެއް އުފެދުނު ކަމަށެވެ. އަދި އެ ސަރަޙައްދުގެ އާންމު ރައްޔިތެއް ކަމަށްވާ މެނުއަލް އޯޓިޒް ވަނީ އޭނާގެ އަމިއްލަ ކާރުގައި ސަލާމަތްވި މީހުން އުފުލުމުގެ މަސައްކަތުގައި މުޅި ހެނދުނު ހޭދަކޮށްފައެވެ.

މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ހައި-ސްޕީޑް ރޭލު ވިއުގަ އޮންނަ ސްޕެއިންގައި މިއަހަރު ހިނގި މިފަދަ ދެވަނަ ނުރައްކާތެރި އެކްސިޑެންޓެވެ. ކުރިއަށް އޮތް ނޮވެމްބަރު 29 ގެ އާންމު އިންތިޚާބަށް ކެމްޕޭން ކުރައްވަމުންދާ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް އާއި އިދިކޮޅު ލީޑަރު އަލްބަރޓޯ ނޫނޭޒް ފެއިޖޫ ވަނީ ކެމްޕޭން ހަރަކާތްތައް މެދުކަނޑާލައްވާފައެވެ. ސަރުކާރުން މިހާރު ވަނީ ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާނުކޮށްފައެވެ.

ޓެގް

ސްޕެއިން އެކްސިޑެންޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.