ޓެލެގްރާމް ވެބް ވާޝަން – ވަޓްސްއެޕް އަށްވުރެ މާފަސޭހަ

ޓެލެގްރާމް އަކީ އެންކްރިޕްޝަން އާއެކު ވަރަށް ބޮޑަށް ރައްކާތެރިކުރެވިފައިވާ މަގުބޫލު އިންސްޓަންޓް މެސެޖިން އެޕްތަކުގެ ތެރޭގައި ހިމެނޭ އެޕެކެވެ. މި އެޕަކީވެސް މިފަދަ އެހެން އިންސްޓަންޓް މެސެޖިން ހިދުމަތްތަކެކޭ އެއްފަދައިން ފޮޓޯ، މެސެޖް، އޯޑިއޯ މެސެޖް، ވީޑިއޯ އަދި ސްޓިކާ ވެސް ތިބާގެ ކޮންޓެކްޓުންނާ ހިއްސާ ކޮށްލެވޭނެ އެޕެކެވެ.
އެކްޓިވް އިންޓަނެޓް ކަނެކްޝަނެއް ހުރިނަމަ ފޯނުތަކާއި ޑެސްކްޓޮޕްތަކުން ޓެލެގްރާމް އެޕް އަށް އެކްސެސް ވެވޭނެއެވެ.
ޓެލެގްރާމް ވެބް އަކީ މެސެޖިން ސާވިސްގެ ބްރައުޒާ ބޭސްޑް ވާޝަންއެއް ކަމުން، މޯބައިލް ވާޝަން ފަދަ އެއްކަހަލަ ފަންކްޝަނަލިޓީސް ސެޓެއް ވެސް ޓެލެގްރާމް ވެބް އިން ލިބެ އެވެ. ޓެލެގްރާމް ވެބް މެދުވެރިކޮށް ފޮނުވާ ކޮންމެ މެސެޖެއް ވެސް އެ ހިދުމަތުގެ މޯބައިލް އެޕް މެދުވެރިކޮށް ބެލޭނެ އެވެ.
ޓެލެގްރާމް ވެބް ބޭނުންކޮށްގެން، ލެޕްޓޮޕް ނުވަތަ ޑެސްކްޓޮޕްތަކުންވެސް މެސެޖް ފޮނުވުމާއި، މެސެޖް ލިބުމާއި، މީޑިއާ ފައިލްތައް ލިބިގަނެވިދާނެއެވެ. މި ޚިދުމަތަށް އަހުލުވެރި ނުވާނަމަ، މިލިޔުން އިތުރަށް ވިދާޅުވާށެވެ. މި ލިޔުމުގައި މި ބަލައިލަނީ، ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރުގައި، ތިބާގެ ވެބް ބްރައުޒަރ އިން މި އިންސްޓަންޓް މެސެޖިންގ ޚިދުމަތް ބޭނުންކުރާނެ ގޮތެވެ.
ތިރީގައިވާ ސްޓެޕްތައް ކުރިއަށް ގެންދިޔުމުގެ ކުރިން، ވެބް ބްރައުޒަރގެ އެންމެ ފަހުގެ ވަރޝަން ބޭނުންކުރޭތޯ ނުވަތަ އެންމެ ފަހުގެ ވާރޝަންއަށް އަޕްޑޭޓް ކުރެވޭތޯ ޔަގީން ކުރާށެވެ. އެންޑްރޮއިޑް، އައިއޯއެސް، ވިންޑޯސް، މެކްއޯއެސް، އަދި ލިނަކްސް އަށް ވެސް ޓެލެގްރާމް ލިބެން ހުރިކަން މިފުރުޞަތުގައި ދަންނަވާލަމެވެ.
ޓެލެގްރާމް ވެބް ބޭނުންކުރާނެ ގޮތް
ޓެލެގްރާމް ވެބް، ތިބާގެ ލެޕްޓޮޕް ނުވަތަ ޕީސީގެ ވެބް ބްރައުޒަރގައި ބޭނުންކުރާނެ ގޮތް ދެނެގަތުމަށްޓަކައި ތިރީގައި މިވާ ފިޔަވަޅުތަކަށް ބައްލަވާށެވެ.
ސްޓެޕް 1: ފުރަތަމަ ކަމަކަށް، ލެޕްޓޮޕް ނުވަތަ ޑެސްކްޓޮޕްގައި ހުންނަ ވެބް ބްރައުޒަރ އިން، ރަސްމީ ޓެލެގްރާމް ވެބްސައިޓަށް ޒިޔާރަތް ކޮށްލާށެވެ. އިންސްޓަންޓް މެސެޖިން ސާވިސް އިން ލަފާދެނީ ކްރޯމް، ފަޔާފޮކްސް ނުވަތަ ސަފާރީ ފަދަ ބްރައުޒާތަކެވެ.
ސްޓެޕް 2: ޓެލެގްރާމް ލޮގިން ޕޭޖް ފެންނަން ފެށުމުން، ޤައުމު ޚިޔާރުކުރޭތޯ ޔަޤީންކުރާށެވެ. މިހާރު، ފޯނު ނަމްބަރު ޓައިޕްކޮށް، ނެކްސްޓް ބަޓަންއަށް ކްލިކް ކޮށްލުމަށްފަހު ނުވަތަ އެންޓަރ ޖައްސަވާށެވެ.
ސްޓެޕް 3: މިހާރު، ސްކްރީނުން ކޮންފަރމޭޝަން ޕޮޕްއަޕް އެއް ފެންނާނެއެވެ. ރަނގަޅު ފޯނު ނަމްބަރު ޖަހާފައި ހުރިތޯ ޗެކް ކޮށް އޯކޭ އަށް ކްލިކް ކޮށްލާށެވެ. މި ހިދުމަތުން ތިބާގެ ފޯނު ނަމްބަރަށް ކޯޑެއް ފޮނުވައި، ސައްހަކަން ކަށަވަރު ކުރުމަށް ކޯޑުޖަހަން ޖެހޭނެއެވެ.
ސްޓެޕް 4: މި ފިޔަވަޅަށްފަހު، ނެކްސްޓް ޖައްސަވާ، ޓެލެގްރާމް ވެބް އެކައުންޓަށް ލޮގިން ވެވަޑައިގަންނަވާނެއެވެ. އޭރުން ޑިވައިސްތަކުގެ އެކި ހިސާބުތަކުގައި މި ހިދުމަތް މެދުވެރިކޮށް ތިބާ ފޮނުވާ ހުރިހާ މެސެޖެއް ފެނިގެންދާނެ އެވެ.
ޓެލެގްރާމް ވެބް ބޭނުން ކުރަން ކޮންމެހެން ޖެހޭތަ؟
ފާހަގަކޮށްލެވޭ ގޮތުގައި ޓެލެގްރާމް ވެބް އަކީ ވަކި ހާލަތްތަކެއްގައި ވަރަށް އަތްފޯރާ ފަށުގައި ހުންނާނެ ވެބް އެކެވެ. މިސާލަކަށް، ވަޒީފާގައި އުޅޭ ނަމަ އަދި ޓެލެގްރާމް މެސެންޖަރ ބޭނުންކުރަން ބޭނުންނަމަ، ވެބް ވަރޝަން މެދުވެރިކޮށް ޚިދުމަތް މެދުވެރިކޮށް ޓްރާންސްފަރ ކުރެވޭ ހުރިހާ މެސެޖްތަކާއި ފައިލްތައް، ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓަރުގައި ހުންނަ ބްރައުޒަރ މެދުވެރިކޮށް އަވަހަށް އެކްސެސް ކުރެވޭނެއެވެ. މީގެ އިތުރުން، މި ހިދުމަތުގެ ވެބް ވާޝަންގެ ސަބަބުން ގިނަ ފަހަރަށް ފޯނު ނުނަގާ ތީ، ދިމާވާ މައްސަލަތަކުން ދުރުހެލިވެވޭނެ އެވެ.
ނަމަވެސް ޓެލެގްރާމް ވެބް ސާވިސް އަކީ ލިމިޓޭޝަންސް ތަކުގެ އަމިއްލަ ހިއްސާއަކާ އެކު ލިބޭ ހިދުމަތެކެވެ. އެހެނީ މޯބައިލް އެޕްގައި ލިބެން ހުންނަ ވަކި ހާއްސަ ފީޗާސްތަކެއް ވެބް ވާޝަންގައި ލިބިގެނެއް ނުދާނެ އެވެ. އެގޮތުން ޓެލެގްރާމް ކޯލިން އާއި ސީކްރެޓް ކޯލް ކުރުމުގެ ގާބިލްކަން ބޭނުން ކުރެވިދާނެ އެވެ. އެހެންނަމަވެސް މި ހިދުމަތުގެ ވެބް ބްރައުޒާ ވާޝަން ބޭނުންކޮށްގެން ޓެލެގްރާމަށް ވަނުމަށް ނުވަތަ އާ ޗެނަލްތައް އުފެއްދުމަށް ރަހުމަތްތެރިންނަށް ދައުވަތު ދެވޭނެ އެވެ.
ވަޓްސްއެޕްއާ އަޅާބަލާއިރު ބޮޑު ތަފާތެއްގެ ގޮތުގައި ޓެލެގްރާމް އިން ތިބާގެ މެސެޖުތައް އޭގެ ސާވާތަކުގައި ހިފަހައްޓާނެއެވެ. އެހެންކަމުން ޓެލެގްރާމް ވެބް ސާވިސް ބޭނުންކުރުމަށް ކޮންމެހެން އަބަދު އިންޓަނެޓާ ގުޅާފައި ފޯނު އޮންނާކަށް ނުޖެހޭނެއެވެ.
ސޯސް: gizbot.com


ވައިބާއައް ވުރެވެސް މާ ފަސޭހަ