ޚަބަރު ވޭތުވެދިޔަ ވެރިކަމަށްވުރެ ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރު %80 އިތުރުކުރެވިއްޖެ: އިކޮނޮމިކް މިނިސްޓަރު

ވޭތުވެދިޔަ ވެރިކަމަށްވުރެ ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރު %80 އިތުރުކުރެވިއްޖެ: އިކޮނޮމިކް މިނިސްޓަރު

ވޭތުވެދިޔަ ވެރިކަމަށްވުރެ ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރު %80 އިތުރުކުރެވިއްޖެ: އިކޮނޮމިކް މިނިސްޓަރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނިމިދިޔަ އެމްޑީޕީގެ ސަރުކާރާ އަޅައިބަލާއިރު ރަސްމީ ރޭޓު ކަމަށްވާ 15.42 ގައި ދޫކުރި ބޭރު ފައިސާގެ މިންވަރު 80 އިންސައްތަ އިތުރުކޮށް، މި ސަރުކާރުން މިހާތަނަށް 1.9 ބިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ހާމަކުރައްވައިފިއެވެ.

މިނިސްޓަރު މިކަން ހާމަކުރެއްވީ އިދިކޮޅު މެންބަރުން އޭނާގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ދިފާއުގައި ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގެ ތަޅުމުގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެކްސްޗޭންޖް ރޭޓުގެ ސިޔާސަތުތައް އެކަށައެޅުމުގެ ގާނޫނީ ބާރު އޮންނަނީ މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް ކަމަށްވީ ނަމަވެސް، ޑޮލަރުގެ ދަތިކަމާ ގުޅުވައިގެން ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތަކަކީ އަސާސެއް ނެތް ވާހަކަތަކެކެވެ. އެގޮތުން، ރައީސް ޞާލިޙުގެ ވެރިކަމުގެ ފަހު ތިން އަހަރު ދޫކުރި 1.75 ބިލިއަން ޑޮލަރާ އަޅައިބަލާއިރު، ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ މިވީ މުއްދަތުގައި މަހެއްގެ މައްޗަށް ޑޮލަރު ދޫކުރި މިންވަރު 97 އިންސައްތަ ވަނީ މައްޗަށް ޖައްސާފައެވެ.

އަހަރުތަކުގެ ތަފްސީލަށް ބަލާއިރު، ވިޔަފާރިތަކުގެ އިމްޕޯޓް ޓީޓީތަކަށާއި ދަރިވަރުންގެ ކިޔެވުމުގެ އިތުރުން ބޭސްފަރުވާއަށް މި ސަރުކާރުން ވަނީ 2024 ވަނަ އަހަރު 483.53 މިލިއަން، 2025 ވަނަ އަހަރު 733.82 މިލިއަން އަދި 2026 ގެ މިހާތަނަށް 718.53 މިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކޮށްފައެވެ. ނަމަވެސް ކުރީ ސަރުކާރުގައި 2021 އިން ފެށިގެން ނޮވެމްބަރު 2023 އާ ހަމައަށް އެ ދާއިރާތަކަށް ދޫކުރެވުނީ އެއަށްވުރެ މާ މަދު މިންވަރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމީ ރޭޓުގައި ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މިފަދަ ބޮޑު ކުރިއެރުމެއް ލިބުނީ ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ވަކި މިންވަރަކަށް ބޭންކިން ނިޒާމަށް ޑޮލަރު މާރުކުރުން ލާޒިމުކުރުން ފަދަ ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކެއް ސަރުކާރުން އެޅުމުންނެވެ. މިނިސްޓަރު ސަޢީދު ވިދާޅުވީ، ހަގީގަތާ ހިލާފު ވާހަކަތައް ދައްކައިގެން ސަރުކާރުގެ އިގުތިސާދީ ކާމިޔާބީތައް އޮޅުވައިނުލެވޭނެ ކަމަށެވެ.

ޓެގް

މިނިސްޓަރ ސައީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.