ޚަބަރު މަސްވެރިންގެ ޖީބަށް ހެޔޮ ބަދަލެއް: މިފްކޯއިން މަސްގަންނަ އަގު 18.50 އަށް އުފުލާލައިފި

މަސްވެރިންގެ ޖީބަށް ހެޔޮ ބަދަލެއް: މިފްކޯއިން މަސްގަންނަ އަގު 18.50 އަށް އުފުލާލައިފި

މަސްވެރިންގެ ޖީބަށް ހެޔޮ ބަދަލެއް: މިފްކޯއިން މަސްގަންނަ އަގު 18.50 އަށް އުފުލާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމުގެ ގޮތުން މިފްކޯއިން މަސްގަންނަ އަގު މިއަދު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މިއަދުން ފެށިގެން މިފްކޯގެ ހުރިހާ ސެންޓަރުތަކަކުންނާއި މަސްގަންނަ ބޯޓުފަހަރުން މަސް ގަންނަމުންދާނީ މި އާ އަގުގައެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވީ، މަސްވެރިކަން ދަށް މި ދުވަސްވަރު މަހުގެ އަގު މަތިކުރީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުމަށް ކަމަށެވެ. ސަރުކާރުން ވަނީ މަސްގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުކުރުމަށް ސިޔާސަތެއް ކަނޑައަޅާފައިވާއިރު، މިހާރުގެ ބަދަލާއެކު އަމިއްލަ ކުންފުނިތަކާ ވާދަވެރި މާކެޓް އަގެއް މަސްވެރިންނަށް ކަށަވަރުވެގެންދާނެއެވެ.

ސަރުކާރުގެ ދުރު ރާސްތާގެ އަމާޒަކީ މަސްގަންނަ އަގު 20 ރުފިޔާއަށް ބޮޑުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި މަސް ރައްކާކުރާ ކެޕޭސިޓީ އިތުރުކުރުމާއި، އާ ބާޒާރުތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޑިއުޓީ ކަނޑާލުމަކީ ދިވެހި މަހަށް ބޭރުގެ ބާޒާރުގައި ހަމަ އަގު ހޯދުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ބުނެއެވެ.

ޓެގް

މަސްވެރިން މިފްކޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.