ނޮވެމްބަރު 3 ގެ ހަމަލާއަކީ ދިވެހި ތާރީޚު ދުށް އެންމެ ނުރައްކާތެރި ބިރުވެރި ހަމަލާ: އެމްއާރުއެމް
ނޮވެމްބަރު 3ގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ، އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ހަމަލާ ކަމަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ޕާޓީން ބުނެފިއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ވަނީ ނަސްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ސަލާމަތީ ބާރުތަކާއި ދިވެހި ރައްޔިތުންނަށް އަރިސްކޮށްފައެވެ.
އެ ޕާޓީން ބުނީ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން، ދިވެހީންނަށް ދެން އެފަދަ ދުވަހެއް މެދުވެރި ނުވުމުގެ އުއްމީދު އާކުރަން ޖެހޭ ކަމަށެވެ.
އެމްއާރްއެމް އިން ބުނީ މީގެ 34 އަހަރު ކުރިން، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ބަޣާވާތަކީ ދިވެހީންގެ މަދު ބަޔަކާއި، ސްރީލަންކާގެ ޓެރަރިސްޓު ޖަމާއަތަކާ އެކުވެގެން ދިން ނުރައްކާތެރި ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ. އެ ދުވަހުގެ ހަމަލާއަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފާހަގަކުރެވޭ އެންމެ ބާރުގަދަ، އެންމެ ބިރުވެރި އަދި އެންމެ ނުރައްކާތެރި ހަމަލާ ކަމަށް އެ ޕާޓީން ބުނެއެވެ.
“އެ ދުވަހު 18 ވަރަކަށް ގަޑިއިރުވަންދެން ރާއްޖޭގެ ވެރިރަށް މާލޭގެ މައްޗަށް އަތްގަދަކޮށްގެން ތިބީ ގައުމުގެ އަދާވާތްތެރި ދުޝްމަނުން. އެބައިމީހުން ހަނގުރާމަ ކުރަމުން ގެންދިޔައީ މުޅި ގައުމު އެބައިމީހުންގެ އަތްމައްޗަށް ގެންދިއުމަށް. އެ ދުވަހުގެ ހަމަލާގައި 19 ދިވެހި ދަރީން ޝަހީދު ކޮށްލި،” އެމްއާރްއެމްއިން ފާހަގަކޮށްފައިވެއެވެ.
އެ ޕާޓީން ބުނީ އެ ހަމަލާއާ ގުޅިގެން ދުނިޔޭގެ އެތައް ގައުމެއް އޮތީ ދިވެހި ގައުމާއި ރައްޔިތުން ހިމާޔަތް ކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ. ދިވެހި ސަރުކާރު އެހީއަށް އެދުނު ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ އިންޑިއާކަން ފާހަގަކޮށް އެމްއާރްއެމްއިން ވަނީ އިންޑިއާ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.
އެމްއާރްއެމްއިން ބުނީ އެ ދުވަހު ދުޝްމިނުންގެ ބަޑީގެ ވަޒަންތަކުން ދިވެހި ސިފައިންގެ އަށް މީހަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވި ނަމަވެސް ދިވެހި ސިފައިން އެމީހުންގެ ގައުމީ ވާޖިބު އަދާކުރުންމަތީ، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ތިބި ކަމަށެވެ.
މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު މި ގައުމުގެ އެއްބައިވަންތަކަން ދަމަހައްޓައި، ގައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. އެއީ 1988އަށް ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރާއި އެދުވަހު ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާ ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހަކު ހިމެނޭހެން 19 ދިވެއްސަކު ޝަހީދުވިއެވެ.



November 3 ge hamalaa akee raajjedhuh emme biruveri nurakkaatheri hamalaa kamah vaathee thoa RM thi hunnavanee e hamalaage baivereennaa ekugaa???? Mihaaru e kanthah thah handhumafulheh nuvaneethoa,? Noonee dhen migaumah komme fadha gellumeh bias RM ah Hama emme rangalhufulhu veethoa?? 30 aharu verikan kurevvee kon baegge loabivaa oagaatherikameh libivadaigen thoa? Ihuthiraamaa gadharu kudakoh malaamaathaa furassaarakoh emme fahun furaanafulhah gellun dhey ulhunu baeh miadhu evareeh nethigen thi ulhuvvanee keevve thoa?? Loiybaa gadharu dhin meehun .matheen kudakoh ves handhumafulheh veythoa???