ޚަބަރު މިއަދު ޕީޖީ ދެއްކި ވާހަކަތަކުން ހެކި ނެތްކަން ޔަޤީން ވެއްޖެ – މަހުލޫފު

މިއަދު ޕީޖީ ދެއްކި ވާހަކަތަކުން ހެކި ނެތްކަން ޔަޤީން ވެއްޖެ – މަހުލޫފު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި ދައުވާކުރާނެ ހެއްކެއްނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންގެންދަވާ ވާހަކަ މިއަދު ޕީޖީ ޝަމީމް ދެއްކި ވާހަކަތަކުން އިތުރަށް ޔަގީންވެފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ، މަހުލޫފްގެ މައްޗަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމޭނެ ތާރީހެއް ބުނަން އަދިވެސް އޭނާއަށް ދަތި ކަމަށެވެ. އެމައްސަލައަކީ މުއްދަތު ނުހިނގާ މައްސަލައަކަށް ވުމުން ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާނީ ލިބެން ހުރި ހުރިހާ ހެކިތަކެއް ހޯދުމަށްފަހުގައި ކަމަށް ޕީޖީ ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ހޯދަން ޖެހޭ ހެއްކެއް ހޯދަން ޖެހޭނެ ކަމަށް ގަބޫލުކުރެވެންޏާ 6 ދުވަހެއް ނޫން، 70 ދުވަހެއްވެސް ނޫން، 100 ދުވަސް ނެނގިޔަސް އަޅުގަނޑުމެން އެކަމެއް ކުރާނީ ހޯދަން ޖެހޭ ހެއްކެއް ހޯދާފައި. އިތުރު ހެއްކެއް ލިބުމުގެ ފުރުސަތު އޮތިއްޔާ އެ ހޯދާފައި އަޅުގަނޑުމެން ކޯޓަށް ހުށަހަޅާނީ މުއްދަތު ނުހިނގާ މައްސަލަތަކުގައި.” ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އެގޮތަށް ވިދާޅުވުމާއި ގުޅިގެން، ނޫސްތަކުން ލިޔުނު ހަބަރުތަކުގެ ސްކްރީންޝޮޓްތައް ހިއްސާ ކުރަމުން މަހްލޫފް ވިދާޅުވީ، އޭނާއަށް ދައުވާކުރާނެ ހެއްކެއް ނެތް ކަމަށް ތަކުރާރުކޮށް ދައްކަމުންދާ ވާހަކަ ޔަގީންވެފައިވާ ކަމަށެވެ.

“2 އަހަރު ވަންދެން ކޮމިޝަން،ޕޮލިސް އަދި އޭސީސީ އިން ހޯދި އެއްޗެއް ހޯދާފަ،ދައުވާ ކުރަންފޮނުވާފަ އަދިވެސް ހަމަހެކިހޯދަނީތޯ؟.މިވަރު ވާހަކައެއް ޝަމީމް ވިދާޅުވެދާނެކަމާމެދު ޝައްކު”. މަހްލޫފް ވިދާޅުވިއެވެ.

ޓެގް

މިނިސްޓަރ މަހުލޫފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.