ޚަބަރު އުމްރާނީ ތަރައްޤީގެ ރަމްޒާއެކު “އިންޖިނޭރުންގެ އެވޯޑު” އަށް ކުރިމަތިލާން ހުޅުވާލައިފި

އުމްރާނީ ތަރައްޤީގެ ރަމްޒާއެކު “އިންޖިނޭރުންގެ އެވޯޑު” އަށް ކުރިމަތިލާން ހުޅުވާލައިފި

އުމްރާނީ ތަރައްޤީގެ ރަމްޒާއެކު “އިންޖިނޭރުންގެ އެވޯޑު” އަށް ކުރިމަތިލާން ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އުމްރާނީ ބިނާރާއި ތަރައްޤީގައި އިންޖިނޭރުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ “ޤައުމީ އިންޖިނޭރުންގެ އެވޯޑު” އަށް ކުރިމަތިލުމުގެ ފުރުޞަތު ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.

މި އެވޯޑަކީ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ އުފެއްދުންތެރިކަން ފާހަގަކޮށް، މި ދާއިރާއިން ކުރިއަށްދިއުމަށް ޒުވާނުންނަށް ހިތްވަރުދީ ޝައުޤުވެރިކަން އުފެއްދުމުގެ މަޤުޞަދުގައި ތަޢާރަފުކޮށްފައިވާ އެވޯޑެކެވެ.

ޖުމްލަ 10 ގިންތިއަކުން ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑަށް ވަކިވަކި ފަރުދުންގެ އިތުރުން ސަރުކާރުގެ އިދާރާތަކާއި، ކުންފުނިތައް، ކޮންސަލްޓަންޓުން އަދި ކޮންޓްރެކްޓަރުންނާއި ޕްރޮޖެކްޓް/ދިރާސާ ކުރާ ޓީމުތަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ކުރިމަތިލާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި މައުލޫމާތުތައް އިވޭލުއޭޓް ކުރުމަށްޓަކައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ تایpass ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

މި އެވޯޑަށް ނަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މިއޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އެވޯޑުގެ އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް awards.infrastructure.gov.mv މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ޤައުމީ ފެންވަރުގައި “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ގޮތުގައި އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖެއްސެވީ މިދިޔަ އަހަރުއެވެ.

އެ ދުވަސް އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވީ، ރާއްޖޭގެ ތާރީޚުގައި ހިންގުނު އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ އޮގަސްޓު 30 ކަމަށްވާތީއެވެ.


ޓެގް

ބިނާރާއި ބެހޭ ވުޒާރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.