ރީކޯ މޫސާ މަނިކުގެ މަންމަ ނިޔާވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކުގެ މަންމަ ހ. ކުޑަހެންވޭރުގޭ އާއިމިނަތު މަނިކެ (ކަތުގޭ އާމިނާ މަނިކެ) މިއަދު ނިޔާވެއްޖެއެވެ. އައިމިނާ މަނިކެ ނިޔާވީ މިއަދު މެންދުރުފަހު 15:00 ހާއިރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ. ނިޔާވިއިރު ޢުމުރުފުޅަކީ 82 އަހަރެވެ.
އާމިނާމަނިކެގެ 6 ކުދިންގެ ތެރެއިން މިވަގުތު ދުނިޔޭގައި ތިއްބެވީ މޫސާ މަނިކުގެ ހިމެނިވަޑައިގަންނަވާހެން 4 ކުދިންނެވެ. އާމިނާ މަނިކެއަކީ އަވަށު އޮފީސްތަކުގެ ދުވަސްވަރު ހެންވޭރު އަވަށުގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަނބަލެވެ.
އާމިނާ މަނިކެގެ ޖަނާޒާ އޮތީ މިރޭ މެންދަމު 12:00 އާސަހަރާ މިސްކިތުގައެވެ.


