ޚަބަރު ހުޅުމާލޭ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ހުޅުމާލޭ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ހުޅުމާލޭ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި، އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އައި އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ މިއަދު ނިޔާވެއްޖެ އެވެ.

މި ހިތާމަވެރި ހާދިސާގައި ފުރާނަ ގެއްލުނީ މ. ލެމަންޓްރީ، ޒީވާ ސިނާން އަހުމަދެވެ. އެ ކުއްޖާ ނިޔާވިކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ހިތިގަސްމަގުން، ވިނަރެސް 7 ޓަވަރު ކައިރިންނެވެ. ޒީވާ ދަތުރުކުރީ 18 އަހަރުގެ އަންހެނަކު ދުއްވި ސައިކަލެއްގެ ފަހަތުގަ އެވެ. އެ އަންހެން މީހާއަށް ވެސް އަނިޔާވި ނަމަވެސް، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ކިޔައިދިން ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ މަގުމަތީގައި ސިގްނަލް ދީފައި މަޑުކޮށްގެން އޮތް ކާރެއްގެ ޑިކީ ލެއްޕުމަށް ފަހު، އެ ކާރުގެ ޑްރައިވަރު ކާރަށް އަރަން ދޮރު ހުޅުވި ވަގުތު ބާރު ސްޕީޑުގައި އައި އެ ސައިކަލު ގޮސް ޑްރައިވަރުގެ ގައިގައި ޖެހިގެންނެވެ.

އެ މީހާގެ ގައިގައި ޖެހި ސައިކަލުގައި ތިބި ދެ މީހުން މަގުމައްޗަށް ވިއްސައިގެން ދިޔަ ވަގުތު، ފަހަތުން އައި އެހެން ކާރެއް ޒީވާގެ ގައިގައި ޖެހުމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.

މި އެކްސިޑެންޓުގައި އެ ކުއްޖާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް، ގިނަ އަދަދަކަށް ލޭ ފައިބައިފައިވާ އިރު، ހާދިސާ ހިނގި ވަގުތުވެސް ކުއްޖާ އޮތީ ހޭނެތިފައި ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެ އެވެ.

ޓެގް

ނިޔާވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.