ޚަބަރު އަބުރު ކަތިލުމަކީ ޖިސްމާނީ އަނިޔާއަށް ވުރެ ވޭންދެނިވި ފާފައެއް: ހުކުރު ޚުޠުބާ

އަބުރު ކަތިލުމަކީ ޖިސްމާނީ އަނިޔާއަށް ވުރެ ވޭންދެނިވި ފާފައެއް: ހުކުރު ޚުޠުބާ

އަބުރު ކަތިލުމަކީ ޖިސްމާނީ އަނިޔާއަށް ވުރެ ވޭންދެނިވި ފާފައެއް: ހުކުރު ޚުޠުބާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންސާނެއްގެ އަބުރާއި ޢިއްޒަތް ނަގާލުމުން ކުރިމަތިވާ ނަފުސާނީ ހިތާމައާއި ގެއްލުން، ޖިސްމާނީ ގޮތުން ލިބޭ އަނިޔާތަކަށް ވުރެ އެތައް ގުނައަކަށް ބޮޑު ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫއަށް އަލިއަޅުވާލައި އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އަބުރު ޙިމާޔަތްކުރުން ހިމެނެއެވެ. އަދި ޙައްޖަތުލްވަދާޢުގައި ކީރިތި ރަސޫލާ ﷺ ދެއްވި ނަޞޭޙަތްޕުޅުން، މުސްލިމުންގެ މުދަލާއި ލެޔެކޭ އެއްފަދައިން އަބުރަކީ ވެސް މާތްވެގެންވާ އެއްޗެއްކަން އެނގިގެންދާ ކަމަށް ފާހަގަކުރިއެވެ.

މީހެއްގެ އަބުރު ވެއްޔާ މޮޑެލުމުން ބޭރުފުށުން ލަކުނެއް ނުފެނުނަސް، އެ މީހާގެ ހިތުގައި އަޅާ ވޭނަކީ ކެތްކުރަން ދަތި އަނިޔާއެއް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މާތް ﷲ ގެ ޙަޟުރަތުގައި މުއުމިނެއްގެ ޙުރުމަތް ގެފުޅަށް ވުރެ މަތިވެރިވެގެންވާއިރު، ޤަޛްފުކުރުމާއި، ގޯސް ހީތައް ކުރުމާއި، ޣީބަބުނުން ފަދަ ކަންކަން ދީނުގައި ހަރުކަށިކޮށް މަނާކުރައްވާފައި ވަނީ މި ސަބަބަށްޓަކައެވެ. އެގޮތުން ޢިއްފަތްތެރިންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވާ މީހުންނަށް އިސްލާމީ ޝަރީޢަތުގައި 80 އެތިފަހަރުގެ ޙައްދު ކަނޑައަޅާފައިވާކަން ވެސް ހަނދާންކޮށްދިނެވެ.

ޒަމާނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، އެއްވެސް ޙަޤީޤަތެއް ބެލުމެއްނެތި މީސްތަކުން ބޭޒާރުކުރަމުންދާ ދިއުމާމެދު ޚުޠުބާގައި ބޮޑު ކަންބޮޑުވުމެއް ފާޅުކުރިއެވެ. ޚާއްޞަކޮށް ޅަދަރިންގެ ކުރިމަތީގައި ދެއްކޭ މިފަދަ ނުރަނގަޅު އާދަތަކުގެ ސަބަބުން، މުސްތަޤުބަލުގެ ޖީލުތަކުގެ ތަރުބިއްޔަތު ފަސާދަވެދާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.

ނިންމުމެއްގެ ގޮތުން ޚުޠުބާގައި ގޮވާލީ، ދުލުން ބޭރުކުރާ ކޮންމެ ވާހަކައަކާމެދު ޤިޔާމަތް ދުވަހުން ޖަވާބުދާރީވާން ޖެހޭނެތީ ދުލުގެ ނުބައިކަމުން ރައްކާތެރިވުމަށެވެ. އަދި އަމިއްލަ ނަފުސާއި މުޅި މުޖުތަމަޢުގެ އަބުރު ރައްކާތެރިކުރުމަށްޓަކައި ޝައްކު އުފެދޭ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ވަނީ ނަޞޭޙަތްތެރިވެފައެވެ.

ޓެގް

ހުކުރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.