ޚަބަރު އާރްޑީސީ ވަގުތީ ގޮތުން ހިންގެވުން އެމްޓީސީސީގެ އެމްޑީ ސައުދީއާ ހަވާލުކޮށް ނަޒީމް ވަކިކޮށްފި

އާރްޑީސީ ވަގުތީ ގޮތުން ހިންގެވުން އެމްޓީސީސީގެ އެމްޑީ ސައުދީއާ ހަވާލުކޮށް ނަޒީމް ވަކިކޮށްފި

އާރްޑީސީ ވަގުތީ ގޮތުން ހިންގެވުން އެމްޓީސީސީގެ އެމްޑީ ސައުދީއާ ހަވާލުކޮށް ނަޒީމް ވަކިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދަނިކޮށް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާޙިމް ނަޒީމް ވަކިކުރައްވައި، އާރްޑީސީ ވަގުތީ ގޮތުން ހިންގެވުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަޙުމަދު ސަޢުދީއާ ހަވާލުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނަޒީމް އާރްޑީސީގެ ބޯޑުންނާއި އެމްޑީކަމުގެ މަޤާމުން ވަކިކުރެއްވުމަށްފަހު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ސަޢުދީ އައްޔަނުކުރީ އިއްޔެގެ ވަގުތެއްގައެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އާރްޑީސީ އުވާލައި، އެ ކުންފުނިން ހިންގަމުންދިޔަ ހުރިހާ މަޝްރޫޢުތަކެއް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ ފާއިތުވި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މި ބަދަލާއެކު ކުންފުނި ހިންގުމުގެ ޚަރަދުތައް ކުޑަވެ، ހިނގަމުންދާ މަޝްރޫޢުތަކުގެ މަސައްކަތް އިތުރަށް އަވަސްވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި ނިންމުމާ ގުޅިގެން އާރްޑީސީން ކުރިއަށްގެންދިޔަ މަގުހެދުމުގެ މަޝްރޫޢުތަކާއި ސިއްޙީ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަރުޙަލާ މިހާރު ދަނީ ހިނގަމުންނެވެ. އަދި މި ބަދަލުގެ ދަށުން އާރްޑީސީގައި މަސައްކަތްކުރާ 4،000 އަށްވުރެ ގިނަ މުވައްޒަފުންވެސް އެމްޓީސީސީގެ ވަޒީފާތަކަށް ބަދަލުވެގެންދާނެއެވެ.

ޓެގް

އާރުޑީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.