ޚަބަރު މުދަލުގައި އަގު ނުޖަހާ ވިޔަފާރިތަކަށް ފިޔަވަޅު އަޅަން ފަށައިފި

މުދަލުގައި އަގު ނުޖަހާ ވިޔަފާރިތަކަށް ފިޔަވަޅު އަޅަން ފަށައިފި

މުދަލުގައި އަގު ނުޖަހާ ވިޔަފާރިތަކަށް ފިޔަވަޅު އަޅަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފިހާރަތަކުން ވިއްކަން ބަހައްޓާ ތަކެތީގައި ސާފުކޮށް އަގު ނުޖަހާ މައްސަލަ ހައްލުކުރުމަށްޓަކައި ޤާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެމިނިސްޓްރީން ބުނިގޮތުގައި މިފަދައިން ނިންމާފައިވަނީ ކަސްޓަމަރުންނަށް ލިބެމުންދާ ދަތިތަކަށް ނިމުމެއް ގެނައުމުގެ ގޮތުންނެވެ. މިފަދަ ތަންތަނުން މުދާ ގަންނަ ފަރާތްތަކަށް އަގު ނޭނގި، އޮޅުންއަރާގޮތަށް ވިޔަފާރިކުރަމުންދާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ވަރަށް ބޮޑަށް ލިބެމުންދާތީ، މިއީ މުދާ ގަންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ވަގުތުން ހުއްޓުވަންޖެހިފައިވާ ކަމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، ކަސްޓަމަރުންނަށް ސާފުކޮށް ފެންނާނެހެން މުދަލުގައި ނުވަތަ ހަރުގަނޑުގައި އަގު ޖަހާފައި ހުރުމަކީ ލާޒިމު ކަމެކަމަށް ވާތީ، މިއާ ޚިލާފަށް އަމަލުކުރާ ފަރާތްތައް ޖޫރިމަނާކުރުމާއި ޤާނޫނީ އެހެނިހެން ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އަންގާފައިވެއެވެ.

މި އުސޫލުތަކަށް ވިޔަފާރިވެރިން ފުރިހަމައަށް ބޯލަނބާތޯ ބެލުމުގެ ގޮތުން، ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ފިހާރަތައް އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމުގެ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޓެގް

އިކޮނޮމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.