‘ގާލްފްރެންޑް’ އާއެކު ފިރިމީހާ ޝޮޕިންގ ކުރަނިކޮށް އަނބިމީހާ މާރާމާރީ ހިންގައިފި: ވީޑިއޯ
އިންޑިއާގެ ޣާޒިއާބާދުގައި ‘ގާލްފްރެންޑް’ އާއެކު ފިރިމީހާ ބާޒާރަށް ގޮސް އުޅެނިގެން އަނިބިމީހަށް ފެނިގެން ތަޅާފޮޅައި މާރާމާރީ ހިންގާ ވީޑިއޯ އެއް ވައިރަލް ވެއްޖެއެވެ.
އިއްޔެހިނގި މިހާދިސާގައި އަނިބިމީހާ ފިރިމީހާގެ ގައިގައި ތަޅަމުން ދިޔަތަން ވީޑިއޯއިން ފެނެއެވެ. ކަރުވާ ޗައުތު ގައި ހިނގި މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ.
އަނބިމީހާއާއި އޭނާގެ ބައެއް ރައްޓެހިން އެމީހާގެ އެމީހުން ދުރުކުރަން މަސައްކަތް ކުރަމުންދާއިރު، ގިނަ ބަޔަކު ބަލަން ތިއްބެވެ. އެމީހާގެ ‘ލޯބިވެރިޔާ’ވެސް އޭނާއަށް އެހީތެރިވާން އުޅޭތަން ވީޑިއޯގައި ފެނެއެވެ.
އެ ހާދިސާ ހިނގި ފިހާރަ ވެރިމީހާ ‘ބާހާރު، ބަހާރު،’(ނުކުމެ، ނުކުމެ) ގޮވާ އަޑު އިވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އަނބިމީހާ ވަނީ ފިރިމީހާއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ. ފުލުހުން ދަނީ އެމައްސަލަ ބަލަމުންނެވެ.
އަނބިމީހާ ފިރިމީހާއާ މާރާމާރީ ހިންގުމަށްފަހު އޭނާގެ މައިންބަފައިން ކައިރީގައި މަޑުކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަނިބިމީހާއަށް އެކަން ފަޅާއެރީ ކަރްވާ ޗައުތު ގައި އޭނާގެ މަންމައާއެކު ޝޮޕިންގ އަށް ގޮސް އުޅެނިކޮށް ކަމަށް ވެއެވެ.
ކަރްވާ ޗައުތު އަކީ އެގައުމުގެ އުތުރާއި ހުޅަނގުގައި މުހިންމު ގޮތެއްގައި ފާހަގަކުރާ ހިންދޫންގެ އީދެކެވެ. ކައިވެނިކޮށްގެން އުޅޭ އަންހެނުން މި ދުވަހު ރޯދަ ހިފައި، ފިރިންގެ ދިގު އުމުރަށް އެދި ދުޢާ ކުރެއެވެ. ކަރްވާ ޗައުތު ފާހަގަކުރަނީ ހިންދޫންގެ ކާރތިކް މަހުގެ ކްރިޝްނާ ޕަކްޝާ ނުވަތަ އަނދިރި ދެ ހަފްތާގެ ހަތަރުވަނަ ދުވަހުއެވެ.

