ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް މޮސާޑްގެ ވެރިޔާ ރޯމަށް ވަޑައިގެންފި

އިޓަލީގެ ވެރިރަށް ރޯމްގައި މިހާރު ހިނގަމުންދާ، ޣައްޒާ ހަނގުރާމަ ހުއްޓުވުމާއި ރަހީނުން ދޫކުރުމާ ބެހޭ މަޝްވަރާތަކުގައި ބައިވެރިވުމަށް އިސްރާއީލްގެ ޖާސޫސީ އިދާރާ މޮސާދުގެ އިސްވެރިޔާ ވަޑައިގެންފިއެވެ.
އިޒްރޭލުގެ އިންޓެލިޖެންސް އޭޖެންސީ މޮސާދުގެ އިސްވެރިޔާ ޑޭވިޑް ބާނިއާ އިއްޔެ އާދީއްތަ ދުވަހު ރޯމަށް ވަޑައިގެންފައިވާއިރު، އޭނާ އެ ދަތުރުފުޅު ކުރެއްވީ ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމާއި ފަލަސްތީނުގެ ހަމާސް ޖަމާޢަތުން ހިފަހައްޓާފައިވާ ބަންދުން މީހުން ދޫކުރުމާ ބެހޭ ގޮތުން ބޭއްވޭ ހަތަރު ފަރާތުގެ ސަމިޓެއްގައި ބައިވެރިވުމަށެވެ.
ޔެދިއޯތް އަހްރޯނޯތް ނޫހުން ރިޕޯޓުކުރި ގޮތުގައި މި ސަމިޓުގައި ބައިވެރިވާނެ އެހެން ފަރާތްތަކުގެ ތެރޭގައި ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް އާއި ޤަތަރުގެ ބޮޑުވަޒީރު މުޙައްމަދު ބިން އަބްދުއްރަޙްމާން އަލްޘާނީ އަދި މިސްރުގެ އިންޓެލިޖެންސް އިސްވެރިޔާ އައްބާސް ކާމިލް ހިމެނެއެވެ.
އިޒްރޭލުން ވަނީ ހަމާސްއާއެކު ވެވޭ އެއްބަސްވުމަކާ ގުޅޭ ގޮތުން އައު ހުށަހެޅުމެއް ވެސް ވޮޝިންގްޓަނަށް ހުށަހަޅާފައިކަމަށް އެނޫހުން ބުނެފައިވެއެވެ.
އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުނދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 39،300 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
މެއި 31 ގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ތިން މަރުހަލާއެއްގެ މައްޗަށް އެކުލެވޭ ހުއްޓުމަކަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އަދި މިކަމާ ގުޅޭ މަޝްވަރާތައް ދަނީ ކުރިއަށެވެ.


