ބޭރުދުނިޔެ

އުދުހުން މަނާ ސަރަޙައްދެއް ކަނޑައެޅުމަކީ ހަނގުރާމައިގެ ހަރަކާތެއްކަމުގައި މޮސްކޯއިން ބަލާނެ

ޔޫކްރެއިންގެ މައްޗަށް އުދުހުން މަނާ ސަރަހައްދެއް ގާއިމްކުރުމަކީ ހަނގުރާމައިގެ ހަރަކާތެއްގެ ގޮތުގައި މޮސްކޯއިން ބަލާނެ ކަމުގައި ރަޝިއާގެ ރައީސް ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ މީޑިއާއިން ބުނެފައިވަނީ، ޔޫކްރެއިންގެ މައްޗަށް އުދުހުން މަނާ ސަރަހައްދެއް ގާއިމްކުރުމަށް އެހެން ގައުމުތަކުން ކުރާ ކޮންމެ މަސައްކަތަކީ ހަނގުރާމަތަކުގައި ބައިވެރިވުން ކަމުގައި މޮސްކޯއިން ބަލާނެ ކަމަށެވެ.

މި ޚަބަރު ފެންމަތިވެފައި މިވަނީ، ޔޫކްރެއިންގެ މުޅި އަސްކަރީ އިންފްރާސްޓްރަކްޗަރ ހަލާކުވެފައިވާ ކަމަށް ރަޝިޔާގެ ރައީސް ވިދާޅުވުމާ ގުޅިގެންނެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންގެ ވައިގެ ދިފާއީ ބާރުތައް ނައްތާލާފައިވާ ކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، އުދުހުން މަނާ ސަރަހައްދެއް ކަނޑައަޅައިދިނުމަށް ނޭޓޯއިން “ޔޫކްރެއިންއަށް ފެހި ސިގުނަލް ދީފައިވާ ކަމަށެވެ.

ޒެލެންސްކީ މިހެން ވިދާޅުވިނަމަވެސް ހުކުރު ދުވަހު ނޭޓޯއިން ވަނީ އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުމަކީ ޔޫރަޕްގައި ފުރިހަމަ ނިއުކްލިއާ ހަނގުރާމައެއް ފެށިދާނެ ކަމެއް ކަމަށް ބުނެ އިންޒާރު ދީފައެވެ.

ނޭޓޯގެ ވެރިޔާ ޖެންސް ސްޓޮލްޓެންބަރގް ވިދާޅުވީ “އުދުހުން މަނާ ސަރަހައްދެއް ތަންފީޒު ކުރެވޭނެ ހަމައެކަނި ގޮތަކީ ނޭޓޯގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައް ޔޫކްރެއިންގެ ވައިގެ ސަރަހައްދަށް ފޮނުވައި، ދެން ރަޝިޔާގެ މަތިންދާ ބޯޓުތައް ވައްޓާލައިގެން އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުން” ކަމަށެވެ.

މި ޚަބަރުތައް ފެންމަތިވެފައި މިވަނީ މަރިއުޕޯލް އާއި ވޮލްނޮވަކާ ސިޓީގެ އާންމުން ހުސްކުރުމުގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް “މިހާރު” ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ޔޫކްރެއިން އިން ބުނީ ހަމަލާ ބަދަލުކުރުން މަޑުޖައްސާލީ އާންމުން ހުސްކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ އޮފީހުގެ ޑެޕިއުޓީ ހެޑް، ކްރިލޯ ޓިމޮޝެންކޯ ވިދާޅުވީ، “ރަޝިޔާގެ ފަރާތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ސަމާލުކަމެއް ނެތް ކަމަށާއި، މަރިއުޕޯލް ގެ އަމިއްލަ ނަފްސާއި، އެގައުމުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ވެސް ރަޝިޔާގެ ފަރާތުން ބަޑީގެ ހަމަލާތައް ދެމުން ގެންދާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close