ބޭރުދުނިޔެ ލަންކާގެ ވަޒީރުންގެ މަޖިލިސް އެއްފަހަރާ އިސްތިއުފާ ދީފި

ލަންކާގެ ވަޒީރުންގެ މަޖިލިސް އެއްފަހަރާ އިސްތިއުފާ ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްރީ ލަންކާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 26 ވަޒީރުން އެއްފަހަރާ އިސްތިއުފާދީފިއެވެ.

އެ ގައުމުގެ ރައްޔިތުން މިހާރު ކުރިމަތިލަމުން އަންނަނީ 1948 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކިބައިން މިނިވަންކަން ލިބުނުފަހުން އެ ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ ކާރިސާއާ ކަމަަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

ތެލުގެ އިމްޕޯޓަށް ފައިސާ ދެއްކުމަށް ބޭނުންކުރާ ބޭރު ފައިސާ މަދުވުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް އެ ގައުމަށް ދަނީ ކުރިމަތިވަމުންނެވެ. ދުވާލަކު 5،6 ފަހަރު ކަރަންޓް ކެނޑުމާއި، ކާބޯތަކެއްޗާއި ބޭސް އަދި ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އާންމުންގެ ރުޅިވެރިކަން ވަނީ އިންތިހާއަަށް ބޮޑުވެފައެވެ.

އެޑިޔުކޭޝަން މިނިސްޓަރު ދިނޭޝް ގުނަވަރުދަނާ އާދީއްތަ ދުވަހު އެ ގައުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުނީ ކެބިނެޓްގެ ވަޒީރުން އިސްތިއުފާގެ ސިޓީތައް ބޮޑުވަޒީރަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ސުރީ ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން އިސްތިޢުފާދިން ނަމަވެސް ޤާނޫނީގޮތުން އެ ނިންމުން ބަލައިގަނެވޭނީ އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިޢުފާދެއްވުމުންނެވެ. ނަމަވެސް އޭނާ އިސްތިޢުފާދެއްވަން އުޅުއްވައި ވާހަކަ އެ ޤައުމުގެ ސަރުކާރުންވަނީ ދޮގުކޮށްފައެވެ.

ޓެގް

ލަންކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.