ސަލްމާން ރުޝްދީ އަށް ވަޅިން ހަމަލާދީ ޒަޚަމް ކޮށްލައިފި
ކީރިތި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް އިސްލާމްދީނާ ދެކޮޅަށް ވަކާލާތުކުރާ މަޝްހޫރު ލިޔުންތެރިޔާ ސަލްމާން ރުޝްދީ އަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
އޭނާއަށް ހަމަލާދީފައިވަނީ އެމެރިކާގެ ނިއުޔޯކްގެ ސްޓޭޓެއްގައި ހުކުރު ދުވަހު ބޭއްވި އަދަބީ އިވެންޓެއްގައެވެ.
އެ އިވެންޓްގައި އޭނާ ތައާރަފުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ސްޓޭޖަށް މީހަކު ވަޅިހިފައިން އަރާ ވަޅިން ހަމަލާދީ އޭނާގެ ގައިގައި ތަޅާ މާރާމާރީ ހިންގީއެވެ. ދިންހަމަލާގައި އޭނާގެ ކަރަށްވަނީ ވަޅި ހަރާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބަފަލޯގެ ދެކުނުން 75 މޭލު ދުރުގައި އޮންނަ އެން.ވައި.ގެ ޗޯޓާކުއާ އިންސްޓިޓިއުޝަންގައި ވާހަކަ ދައްކަން ހަމަޖެހިފައި އޮތް ރުޝްދީއަށް ޕަންޗް ނުވަތަ ވަޅިން ހަމަލާދިން މީހާވަނީ ހައްޔަރުކޮށްފައެވެ.
އެމައްސަލަ ނިޔުޔޯކް ސިޓީގެ ފުލުހުން ދަނީ ބަލަމުންނެވެ.


