ބޭރުދުނިޔެ

އެލޮން މާސްކްގެ ކުރީގެ ލޯބިވެރިޔާ އެމީހުންގެ ލޯބީގެ ފޮޓޯތައް ނީލަމުގައި ވިއްކަނީ

އެލޮން މާސްކްގެ ކުރީގެ ލޯބިވެރިޔާ އެމީހުންގެ ކޮލެޖް ގުޅުމުގެ ހަނދާނީ ފޮޓޯތަކާއި، ބައެއް އެއްޗެހި ނީލަމުގައި ވިއްކަމުން އެބަދެއެވެ.  

އެ ދެމީހުން ވެސް ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާގައި ކިޔަވަމުން ދިޔައިރު ދުނިޔޭގެ އެންމެ މުއްސަނދި މީހާއާ ރައްޓެހިވި ޖެނިފާ ގްވިން ދަނީ ބޮސްޓަންގައި ހުންނަ ޕްލެޓްފޯމް އާރްއާރް އޮކްޝަންގައި ފޮޓޯތަކާއި އެހެނިހެން ހަނދާނީ ތަކެތި ހުރި ކެޝެއް ނީލަންކިޔަމުންނެވެ. ކޮލެޖް ދަރިވަރެއްގެ ގޮތުގައި ބިލިއަނަރު ޒުވާން ދުވަސްވަރުތައް ދައްކުވައިދޭ 18 ކެންޑިޑް ފޮޓޯއަކާއި އަތުން ލިޔެފައިވާ އުފަންދުވަހުގެ ކާޑަކާއި އޭރުގެ ލޯބިވެރިޔާއަށް މާސްކް ދިން ރަން ކަރުދާސްކޮޅެއް ހިމެނެއެވެ.

ހުކުރު ދުވަހުގެ ރޭގެ ނިޔަލަށް އުފަންދުވަހުގެ ކާޑު ‘ލަވް، އެލޮން’ ގަތުމަށް ކޮށްފައިވާ ބިޑް  10،000 ޑޮލަރަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

ދެން އެންމެ ޝައުގުވެރިވި ކަރުދާހަކީ ދެކުނު އެފްރިކާގެ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ މާސްކްގެ ބައްޕަ އެރޯލްގެ ޒެމްބިއާގެ މައިންގެ ޖަމަލު ޖަހާފައިވާ ނެކްލެސް އެވެ. އެ ފޮޓޯތަކުގައި މީގެ ކުރިން ނުފެންނަ ސްނެޕްތަކުގައި ޒުވާން މާސްކް ރައްޓެހިންނާއެކު ހޭންގް އައުޓްކޮށް، ޑޯރމިޓަރީގައި މޮޔަކޮށް އުޅެނިކޮށް، ގްވިން އާއި އެކު ބޮނޑިކޮށްލާ މަންޒަރުތައް ހިމެނެ އެވެ.

ދަ އިންޑިޕެންޑެންޓް އިން ބުނާ ގޮތުގައި 1994 ވަނަ އަހަރުގެ ތެރޭގައި މާސްކް ރައްޓެހިވި ގްވިން އެތަކެތި ވިއްކަން ނިންމާފައި ވަނީ އޭނާގެ ފިރިހެން ދަރިފުޅުގެ ކޮލެޖް ޓިއުޝަން ފީއަށް ފައިސާ ހޯދުމަށެވެ.

މަޝްހޫރު ވިޔަފާރިވެރިންނާ ގުޅިފައިވާ ތަކެތި އާރު ނީލަންގެ ސައިޓުގައި ވިއްކާ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. އެ ކުންފުނިން ވަނީ ސްޓީވް ޖޮބްސްގެ ފުރަތަމަ އެޕަލް-1 ޕްރޮޓޯޓައިޕް ނީލަން ކިޔާފައެވެ. އެއީ މިދިޔަ އޮގަސްޓް މަހުއެވެ. އޭގެ އަގު ގާތްގަނޑަކަށް 680،000 ޑޮލަރަށް އަރާފައިވެއެވެ.

އިންސައިޑާ އެޑިޝަނަށް ދިން އިންޓަވިއުއެއްގައި ގްވިން ބުނީ މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން އެމީހުން ރައްޓެހިވެގެން އުޅުނުއިރުވެސް ޓެސްލާ އިންކްގެ އިލެކްޓްރިކް ކާރުތަކުގެ ތަސައްވަރު އީލޮން މަސްކް ކުރި ކަމަށެވެ.

“އޭނާ ދައްކާނީ އިލެކްޓްރިކް ކާރުތަކުގެ ވާހަކަ، އޭނާ ދައްކާނީ ބަދަލު ފިއުލް ސޯސްތަކުގެ ވާހަކަ،” އިންސައިޑާ އެޑިޝަންގެ ވީޑިއޯ ޓްވީޓެއްގައި ބުނެފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close