ސައޫދީގެ ޕްރިންސެސް އެއް 3 އަހަރު ޖަލުގައި ބޭންދުމަށްފަހު ދޫކޮށްލައިފި
ރިޔާދު: ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ގާތްގަނޑަކަށް ތިން އަހަރު ވަންދެން އެއްވެސް ދައުވާއެއް ކުރުމެއް ނެތި ހިފަހައްޓާފައިވާ ޕްރިންސެސް އަކާއި އޭނާގެ އަންހެން ދަރިފުޅު ސައުދީ ގެ ކަމާބެހޭ ފަރާތްތަކުން ދޫކޮށްލައިފި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތަކުން ހޮނިހިރު ދުވަހު ބުނެފި އެވެ.
އަންހެނުންގެ ހައްގުތަކާއި ދުސްތޫރީ ރަސްކަމަށް ވަކާލާތު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ޝާހީ އާއިލާގެ މެމްބަރެއް ކަމަށްވާ ބާސްމާ ބިންތު ސައުދު، 57، 2019 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ބަންދުކޮށްފައި ހުރި އިރު، 2020 ވަނަ އަހަރުގެ އޭޕްރީލް މަހު ރަސްގެފާނު ސަލްމާން އާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ސިއްހީ ސަބަބުތަކަށްޓަކައި ދޫކޮށްލުމަށް އެދިވަޑައި ގެންފައި ވެއެވެ.
“ބާސްމާ ބިންތު ސައުދު އަލް ސައުދު އާއި އޭނާގެ އަންހެން ދަރިފުޅު ސުހޫދު… ވަނީ ދޫކޮށްލާފައި،” އަލްކިއުއެސްޓީ ފޯ ހިއުމަން ރައިޓްސް އިން ޓްވިޓާގައި ބުންޏެވެ.
“ފުރާނައަށް ނުރައްކާވާ ފަދަ ހާލަތަކަށް އެކަމަނާ އަށް ބޭނުންވާ ސިއްހީ ފަރުވާ އިން އެކަމަނާ ވަނީ މަހްރޫމްވެފައި،” ރައިޓްސް ގްރޫޕުން އިތުރަށް ބުންޏެވެ. “އެއްވެސް އިރެއްގައި އެކަމަނާ ބަންދުގައި ހުންނެވި އިރު އެކަމަނާގެ މައްޗަށް އެއްވެސް ތުހުމަތެއް ކޮށްފައެއް ނުވޭ.”
މި މައްސަލައާ ގުޅިގެން ސައުދީގެ ސަރުކާރުން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެއެވެ.
އާއިލާގެ ގާތް ފަރާތަކުން ބުނި ގޮތުގައި ޕްރިންސެސް ބާސްމާހް ހައްޔަރު ކުރީ ބޭސްފަރުވާއަށް ސްވިޒަލޭންޑަށް ކުރަން ރާވާފައިވާ ދަތުރުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އެކަމަނާގެ އާލާސްކަންފުޅަކީ ކޮބައިކަން ހާމަކުރައްވާފައެއް ނުވެއެވެ.




ސައުދީ އަރަބިއްޔާތީ އާއިލީ ވެރިކަމެއް އޮންނަ ހުދުމުހުތާރު ގައުމެއް