އަރަބި ކޯލިޝަނުން ޔަމަނަށް ދިން ހަމަލާތަކުގައި ހޫތީ ލީޑަރު މަރުވެއްޖެ: ރިޕޯޓް
ޔަމަނުގެ ވެރިރަށް ސަނާގެ އުތުރުގެ އަމާޒުތަކަށް އަރަބި ކޯލިޝަނުން ދިން ވައިގެ ހަމަލާތަކެއްގައި ހޫތީ ލީޑަރު މޭޖާ ޖެނެރަލް އަބްދުالله ގާސިމް އަލް ޖުނައިދު މަރާލާފައިވާ ކަމަށް ޗެނަލް އަލް ހަދަތު އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.
ހަމަލާތައް ދޭން ފަށާފައި މިވަނީ، އީރާނުން ވާގިވެރިވާ ހޫތީން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގެ ދެ އަމާޒަކަށް މިއަދު ހެނދުނު ދިން ހަމަލާއެއްގައި ތިން މީހަކު މަރުވެ ހަ މީހަކު ޒަހަމްވުމާ ގުޅިގެންނެވެ.
އަރަބި ކޯލިޝަންގެ ތަރުޖަމާނަކު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހަމަލާތައް ދޭން ފަށާފައިވަނީ “ބިރުދެއްކުމާއި އަސްކަރީ ބޭނުންތަކަށް އިޖާބަ ދިނުމުގެ ގޮތުން” ކަމަށެވެ.
އަބޫދާބީގެ އާ އެއާޕޯޓް އެކްސްޓެންޝަންގައި ކޮންސްޓްރަކްޝަން ސައިޓެއްގައި އަލިފާން ރޯވެ، ތެޔޮ ފެސިލިޓީއެއްގައި ރޯވީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ މި ހާދިސާތަކަކީ ޑްރޯން ހަމަލާތަކެއްގެ ސަބަބުން ހިނގާފައިވާ ހާދިސާތަކެއް ކަމަށް ވުން އެކަށީގެންވާ ކަމަށެވެ.
ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުالله ބިން ޒައިދު ފަހުން ވަނީ މި ހާދިސާތަކަކީ “ޓެރަރިސްޓް ޙަމަލާތަކެއް ކަމަށް ސިފަކުރައްވާފައެވެ.
މިއީ ޔޫއޭއީގެ ބިމަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ވަރަށް މަދު ހާދިސާއެކެވެ.
ސައުދީގެ ފޮރިން މިނިސްޓްރީން މި ހަމަލާތައް ކުށްވެރިކޮށްފައިވަނީ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައެވެ.
އަދި އެކުވެރި އަރަބި އިމާރާތުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ ކޮންމެ ކަމެއްގައި ވެސް އެ ގައުމުގެ ފުރިހަމަ ސްޓޭންޑް ކަށަވަރުކޮށްދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
“ހޫތީ ޓެރަރިސްޓް މިލިޝިއާގެ ނުބައި ބާރުތަކުގެ ފަހަތުގައި ވާ މި ޓެރަރިސްޓް އަމަލުގެ ސީރިއަސްކަމާއި، މި ޓެރަރިސްޓް ޖަމާއަތުގެ ނުރައްކަލާއި، ސަރަހައްދާއި ދުނިޔޭގެ ސަލާމަތާއި، ސުލްހައާއި، ހަމަޖެހުމަށް އޮތް ނުރައްކާ، ސައުދީ އަރަބިއްޔާއިން ވެސް ފާހަގަކުރަން،”
2015 ވަނަ އަހަރު އަރަބި ކޯލިޝަނުން ، ޔޫއޭއީއާއި ސައުދީ އަރަބިއްޔާ ވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ.
ސައުދީއަރަބިއްޔާއަށް ގަވާއިދުން ހޫތީންގެ ޑްރޯން ހަމަލާތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.
އީރާނުން ވާގިވެރިވާ މިލިޓަރީއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ޖަނަވަރީ މަހުގެ 10 ވީ ހޯމަ ދުވަހު، ހޫތީންގެ އަތުން ޝަބްވާ ޑިސްޓްރިކްޓް އަލުން ހިފާފައިވާކަން އެ ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.





