ޚަބަރު އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫ ލިންކް ރޯޑް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މައި ނާރެސް ކަމަށްވާ ލިންކް ރޯޑް އަލުން ތަރައްޤީކޮށް، ހަތަރު ލޭނަށް ފުޅާކުރުމުގެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ. މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޢަބްދުﷲ މުއްތަލިބެވެ. އަދި ރޯޓައިމް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޒޫ ވެއިޑޮންގްއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫ ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް އޮތް 12.3 ކިލޯމީޓަރުގެ ސަރަހައްދުގައި އޮތް ދެ ލޭނުގެ މަގު، ހަތަރު ލޭނަށް ފުޅާކޮށް އެކީ އަލުން ތާރުއެޅުމަށް ވަނީ ނިންމާފައެވެ. މިއީ ހިތަދޫއާއި، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން ގުޅުވައިދޭ މައި މަގު ކަމަށްވުމާއެކު، މި ބަދަލާއެކު އެ ސިޓީގެ ދަތުރުފަތުރަށް ބޮޑު އިޤްތިޞާދީ އަދި އިޖުތިމާއީ ކުރިއެރުމެއް ލިބިގެންދާނެއެވެ.

ދިގު މުއްދަތަކަށް މަރާމާތުނުކުރެވި އޮތުމުގެ ސަބަބުން ލިންކް ރޯޑުގެ ގިނަ ސަރަހައްދުތަކެއްގައި ބޮޑެތި ވަޅުގަނޑުތައް ހެދި، އާންމުންނަށާއި އުޅަނދުފަހަރަށް ބޮޑެތި ތަކްލީފުތަކާ ވަނީ ކުރިމަތިލާންޖެހިފައެވެ. ޚާއްޞަކޮށް ފަހަކަށް އައިސް ކުރި ވިއްސާރައިގައި މަގުގައި ފެންބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ، ކޮންމެހެން ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ އެ މަގު ބޭނުންނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މި މަސައްކަތް ހަވާލުކުރެވުނު ޗައިނާގެ ރޯޓައިމް ކުންފުންޏަކީ ރާއްޖޭގައި އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ ތަޖުރިބާ ހުރި ކުންފުންޏެކެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރު މަސްތެރޭގައި ހުޅުމާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢެއްވެސް ސަރުކާރުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.

ޓެގް

ހައުސިންމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (2)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.