ބޭރުދުނިޔެ

މީގެ 166 މިލިއަން އަހަރު ކުރީގެ ޑައިނަސޯ ފިޔަވަޅުތަކެއް ފެނިއްޖެ

އިނގިރޭސިވިލާތުގެ އޮކްސްފޯޑްޝަޔަރގެ ޑިވާސް ފާމް ކުއަރީން 166 މިލިއަން އަހަރު ކުރީގެ ގާތްގަނޑަކަށް 200 އަށް ވުރެ ގިނަ ޑައިނޯސޯގެ ފިޔަވަޅު ހޯދައިފިއެވެ.

މި ހޯދުމަކީ މި ނެތިގެން ގޮސްފައިވާ ދިރުންތަކާ ބެހޭގޮތުން އިތުރު މަޢުލޫމާތު ލިބިގެންދާނެ ކަމެއް ކަމަށް ތަޙްޤީޤުކުރާ ފަރާތްތަކުން ބުނެއެވެ.
މި ފިޔަވަޅުތައް ފެނުނީ ކުއަރީގައި މަސައްކަތްކުރާ މުވައްޒަފަކަށް، ހިލަގަނޑެއްގައި ހުއްޓާ ފެނުނު “އާދަޔާ ޚިލާފު ނިޝާންތަކެއް” ފެނުމާ ގުޅިގެން ކުރެވުނު ތަޙްޤީޤަކުންނެވެ.

ތަޙްޤީޤުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ފިޔަވަޅުތަކަކީ “ޑައިނޯސޯރ ހައިވޭ” އެއްގެ ބައެކެވެ. މި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ދިގު ފިޔަވަޅު 150 މީޓަރަށް ވުރެ ދިގުކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މި ފިޔަވަޅުތަކުގެ ތެރެއިން ހަތަރު ބާވަތެއްގެ ފިޔަވަޅަކީ ސެޓިއޯސޯރަސް ކަމަށް ބެލެވޭ، ބޮޑެތި، ދިގު ކަރު ހުންނަ، ގަސްކާ ޑައިނޯސޯރުތަކުގެ ފިޔަވަޅެވެ. މި ޑައިނޯސޯރުތައް 18 މީޓަރަށް ވުރެ ދިގުވެއެވެ. ފަސްވަނަ ބާވަތުގެ ފިޔަވަޅަކީ މެގަލޯސޯރަސް ކިޔާ މަސްކާ ޑައިނޯސޯރެއްގެ ފިޔަވަޅެވެ. މި ފިޔަވަޅުގައި ތިން ނިޔަފަތީގެ ނިޝާން ފެންނަން ހުރެއެވެ.
މި ފިޔަވަޅުތައް އެއްތަނަކުން އަނެއްތަނަށް ދިޔަ ގޮތުން، މަސްކާ އަދި ގަސްކާ ޑައިނޯސޯރުތަކުގެ ދެމެދުގައި އޮތް ގުޅުމާ މެދު ސުވާލު އުފެދޭ ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީ މިއުޒިއަމް އޮފް ނެޗުރަލް ހިސްޓްރީގެ ވަރޓެބްރޭޓް ޕެލިއޮންޓޮލޮޖިސްޓް އެމާ ނިކޯލްސް ވިދާޅުވި ގޮތުގައި މެގަލޯސޯރަސްއަކީ ދުނިޔޭގައި އެންމެ ފުރަތަމަ ދިރާސާކުރެވުނު ޑައިނޯސޯރއެވެ. އެހެންނަމަވެސް މި ހޯދުންތަކުން ދައްކައިދެނީ އަދިވެސް މި ޖަނަވާރުތަކާ ބެހޭ އާ ހެކިތައް ހޯދަން ހުރި ކަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close