އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް މަރާލުމަށް އައިއެސްގެ މެމްބަރަކު ރޭވި ރޭވުމެއް އެފްބީއައި އިން ހާމަކޮށްފައިވާ ކަމަށް އާދިއްތަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައިވެ އެވެ.
އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަޓްސްއެޕް މެދުވެރިކޮށް އައިއެސްގެ މެމްބަރެއް ކަމަށް ތުހުމަތު ކުރެވޭ މީހާ ޓްރެކް ކުރިއިރު، އޭނާ ބެހެއްޓީ އޮހައިއޯގެ ކޮލަމްބަސްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބުޝް މަރާލުމަށް އޭނާ ރާވާފައިވަނީ އިރާގުގެ މީހުންތަކެއް އެމެރިކާ ސިފައިން މަރާލުމާއި “2003 ވަނަ އަހަރު އެމެރިކާއިން އިރާގަށް ހަމަލާދީ އަސްކަރީ އަރައިގަތުން، ކުރީގެ ރައީސްގެ މައްޗަށް ތުހުމަތު ކުރައްވާތީ ކަމަށް ފޯބްސް ޑޮޓްކޮމް އިން ބުނެ އެވެ.
އައިއެސްގެ އެމީހާ އެމެރިކާއަށް 2020 ވަނަ އަހަރު އެތެރެވި އިރު، އޭނާ ހިމާޔަތަށް އެދިފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.
އެކަމަކު އަންޑަކަވަރ އެފްބީއައިގެ އެޖެންޓުން ޕްލޮޓް އޯގަނައިޒާއާ މުއާމަލާތްކޮށް އެންމެ ފަހުން ޓްރެކް ކުރަމުން ދިޔަ ފޯނެއް ޑެލިވަރީ ކޮށްދިނެވެ. “ޕްލޮޓް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ބެލުމުގެ ދަށުން އެފްބީއައި އަށް ދާދި ފަހުން ވަނީ އޭޓީ އެންޑް ޓީ އިން މޯބައިލް ލޮކޭޝަންގެ މައުލޫމާތު ހޯދުމުގެ ހުއްދަ ލިބިފައި،” ފޯބްސް އިން ރިޕޯޓްކޮށްފައިވެ އެވެ. “
މުޅި އޮޕަރޭޝަނުގައި އެފްބީއައިއަށް އެނގިފައިވާ ގޮތުގައި އައިއެސްގެ މެމްބަރެއް ކަމަށް ތުހުމަތު ކުރެވޭ މީހާއަކީ ވަޓްސްއެޕް މެސެންޖާގައި ބައަތު އާއި އައިއެސްގެ ޗެޓް ގްރޫޕްތަކުގެ މެމްބަރެކެވެ.
ޖޯޖް ޑަބްލިއު ބުޝްގެ އޮފީހުގެ ޗީފް އޮފް ސްޓާފްއާ ހަވާލާދީ ފޯބްސް އިން ބުނީ ކުރީގެ ރައީސް “އެމެރިކާގެ ސިއްރު ޚިދުމަތާއި އަޅުގަނޑުމެންގެ ގާނޫނު ތަންފީޒުކުރާ އަދި ޖާސޫސީ މުޖުތަމައުތަކަށް ދުނިޔެއަށް ހުރިހާ އިތުބާރެއް އެބައޮތް” ކަމަށެވެ.
ދާދި ފަހުން މަރުވުމާ ހަމައަށް ގަތަރުގައި ދިރިއުޅުއްވި ސައްދާމް ހުސެއިންގެ ކުރީގެ ޕައިލެޓަކީ ބުޝް އަވަހާރަކޮށްލުމަށް ރޭވި އެ ޖަމާއަތުގެ ލީޑަރު ކަމަށް ފޯބްސް އިން ބުނެ އެވެ.
އަދި އީރާނުން ތާއީދުކުރާ ހިޒްބުالله އާއި ގުޅުންހުރި ދެ ފަރާތެއް އެމެރިކާއަށް އެތެރެކުރުމަށް އެހީތެރިވެދީފައިވާ ކަމަށް ވެސް ޝައްކު ކުރެވޭ މީހާ ބުންޏެވެ. ފޯބްސް އިން ބުނީ އެފްބީއައިގެ ރިޕޯޓަކާ ހަވާލާދީ ހިޒްބުاللهގެ ކޮންމެ އޮޕަރޭޓިވް އެއްގެ އަތުން 50،000 ޑޮލަރު ނަގާފައިވާ ކަމަށެވެ.
“އަދި، އެފްބީއައިގެ ކޯޓަށް ހުށަހެޅި މައްސަލައިގައި، ރޭވުންތެރިޔާ ކަމަށް ތުހުމަތު ކުރެވޭ މީހާ ‘ދެކޮޅުވެރިކަމުގެ’ މެމްބަރެއް ކަމަށް ބުނެ، 2003 އާއި 2006 އާ ދެމެދު އިރާގުގައި އެމެރިކާގެ ގިނަ ބަޔަކު މަރާލައި، ގޮވާތަކެތި ޕެކްކޮށް، އެމެރިކާ ސިފައިން ކައިރީގައި ތިއްބާ އުޅަނދުތައް ގޮއްވާލި،” ފޯބްސް އިން ރިޕޯޓްކޮށްފައިވެ އެވެ .
ކޮމެންޓް (0)
ލޯޑް ކުރަމުން...