ޚަބަރު ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ރައީސް ޑރ. މުއިއްޒު ބައްލަވާލައްވައިފި

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ރައީސް ޑރ. މުއިއްޒު ބައްލަވާލައްވައިފި

ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ރައީސް ޑރ. މުއިއްޒު ބައްލަވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނިމިދިޔަ ރައީސް އިބުރާޙިމް މުޙައްމަދު ޞާލީހްގެ ސަރުކާރުން އަޅަށް ފަށާފައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

ދިވެހިރާއްޖޭގެ ވަލިއްޔުލް ޢަމުރުކަމުގެ ހުވާ މިދިޔަ ހުކުރު ދުވަހު ކުރެއްވި ރައީސް ޑރ. މުއިއްޒާ އެކު މި ޒިޔާރަތުގައި އެމަނިކުފާނުގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ  ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މިނިސްޓަރުންގެ އިތުރުން އާ ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސްކަމާއި ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިންވެސް ތަކުރާރުކޮށް ބުރިޖުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާ ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ޓީމް ބްރިޖުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް މާލޭގައި ހުންނަ އިންޑަސްޓްރިއަލް ޒޯނަށާއި ގުޅިފަޅަށް ވަޑައިގެންނެވިއެވެ. އިންޑަސްޓްރިއަލް ޒޯނަކީ ބޭރު މަގުން ބްރިޖު ފެށޭ ހިސާބެވެ. މި ސަރަހައްދުގައި ކުރިއަށް ގެންދާ ބްރިޖުގެ އެކިއެކި މަސައްކަތްތައް ރައީސް ވަނީ ބައްލަވާލައްވާފައެވެ.

ރައީސް ޑރ. މުއިއްޒު އާއި އެމަނިކުފާނުގެ ޓީމް ގުޅިފަޅަށް ވަޑައިގަތުމުގެ ކުރިން ވަނީ ވިލިނގިންޔާއި ދިމާލުން ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާގޮތް ލޯންޗު ކޮޅުގައި ހުންނަވައިގެން ބައްލަވާލައްވާފައެވެ. އެސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު، ދެން ރައީސް ވަޑައިގެންނެވީ ގުޅިފަޅަށެވެ.

މިދިޔަ ސަރުކާރުން އަލަންފެށި ބްރިޖު މަޝްރޫއާ ގުޅޭ މައުލޫމާތު ކަރުދާހުގައިވާ ގޮތުން ބްރިޖުގެ ދިގު މިނުގައި 6.9 ކިލޯމީޓަރު ހުންނާނެއެވެ. މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެއެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.

ތިލަމާލެ ބްރިޖު ހަދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

ޓެގް

ތިލަމާލެބްރިޖް ރައީސްއޮފީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.