މުނިފޫހި 13 އަހަރުގެ ދިގު އިންތިޒާރަކަށްފަހު 'ޖީޓީއޭ 6' ނެރެ، ފުރަތަމަ ދުވަހު 2.36 ބިލިއަން ޑޮލަރުގެ އާމްދަނީއެއް!

13 އަހަރުގެ ދިގު އިންތިޒާރަކަށްފަހު 'ޖީޓީއޭ 6' ނެރެ، ފުރަތަމަ ދުވަހު 2.36 ބިލިއަން ޑޮލަރުގެ އާމްދަނީއެއް!

13 އަހަރުގެ ދިގު އިންތިޒާރަކަށްފަހު 'ޖީޓީއޭ 6' ނެރެ، ފުރަތަމަ ދުވަހު 2.36 ބިލިއަން ޑޮލަރުގެ އާމްދަނީއެއް!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގޭމް ކުޅޭ ފަރާތްތަކުން 13 އަހަރު ވަންދެން ކުރި ދިގު އިންތިޒާރަކަށްފަހު، މަޝްހޫރު ވީޑިއޯ ގޭމް 'ގްރޭންޑް ތެފްޓް އޮޓޯ 6' (ޖީޓީއޭ 6) ރަސްމީކޮށް ނެރެ، ވިޔަފާރީގެ ބޮޑު ރެކޯޑެއް ގާއިމުކޮށްފިއެވެ.

ބުރާސްފަތި ދުވަހު މި ގޭމް ނެރުމާއެކު، ޑިޖިޓަލް މާކެޓިންގ ކުންފުނި ސެންސަރ ޓަވަރުން އަންދާޒާކުރާ ގޮތުގައި ޕްރީ-އޯޑަރުތަކާއި ފުރަތަމަ ދުވަހުގެ ވިޔަފާރިން މި ގޭމަށް ވަނީ 2.36 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އެގޮތުން ފުރަތަމަ ދުވަހު އެކަނިވެސް ގާތްގަނޑަކަށް 24.5 މިލިއަން ކޮޕީ ވިކިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޕްލޭސްޓޭޝަން 5 އަދި އެކްސްބޮކްސް ކޮންސޯލްތަކުން 212 ޖީބީގެ ޖާގަ ނަގާ މި ގޭމްގެ އާދައިގެ ވާޝަން 79.99 ޑޮލަރަށް ވިއްކާއިރު، 'އަލްޓިމޭޓް' ވާޝަން ވިއްކަނީ 99.99 ޑޮލަރަށެވެ. ގޭމް އުފެއްދި ރޮކްސްޓާ ގޭމްސްއާއި ބެލެނިވެރި ކުންފުނި ޓޭކް-ޓޫއިން ރަސްމީ އަދަދުތައް އަދި ހާމަނުކުރި ނަމަވެސް، މި ގޭމަށް ލިބެމުންދާ ތަރުހީބަކީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ބޮޑު ތަރުހީބެއް ކަމަށް ވަނީ ސިފަކޮށްފައެވެ.

އެމެރިކާގެ ފްލޮރިޑާގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ހިޔާލީ ސަރަހައްދެއް ކަމަށްވާ 'ލިއޮނިޑާ' އަދި ވައިސް ސިޓީގައި ކުޅޭ މި ގޭމަށް ފާޑުކިޔާ ފަރާތްތަކުގެ ފަރާތުން ވެސް ދަނީ ވަރަށް ބޮޑު ތައުރީފެއް ލިބެމުންނެވެ. ގޭމް ނެރުމުގެ ކުރިން ބުދަ ދުވަހު ޕްލޭސްޓޭޝަން ނެޓްވޯކަށް ކުޑަ ވަގުތުކޮޅަކަށް މައްސަލަތަކެއް ދިމާވި ނަމަވެސް، މިހާރު އެއްވެސް ދަތިކަމެއް ނެތި ގޭމް ކުޅެވެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ގޭމްގައި ހިމެނޭ ކުށްކުރުމުގެ މަންޒަރުތަކުގެ ސަބަބުން، އެމެރިކާގެ އެކި ސިޓީތަކުގެ ފުލުހުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގޭމް ކުޅޭ ފަރާތްތަކަށް ހާއްސަ އިލްތިމާސެއް ކޮށްފައެވެ. އެގޮތުން ގޭމްގައި ކުރާ ކަންކަން ހަގީގީ ދުނިޔޭގެ މަގުމައްޗަށް ނުގެނައުމަށާއި، މަސްތުވެގެން ދުއްވުމާއި ވައްކަން ކުރުން ފަދަ ކަންކަމަކީ ހަގީގީ ދުނިޔޭގައި އަދަބު ލިބޭނެ ކަންކަން ކަމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

މި ގޭމްގައި ކުށްކުރުމުގެ އިތުރުން، 62 ބާވަތުގެ ދޫނި ހޯދުމާއި، މައުންޓް ކަލާގާ ނޭޝަނަލް ޕާކުގައި ހިނގާލުމާއި ސައިކަލު ދުއްވުން ފަދަ ހިތްގައިމު ކަންކަން ވެސް ހިމެނެއެވެ. މީގެ އިތުރުން ކުރީގެ ޖީޓީއޭ ގޭމްތަކުގެ މަޝްހޫރު ޝަހުސިއްޔަތުން ކަމަށްވާ ނިކޯ ބެލިކް އަދި ޖިމީ ޑީ ސެންޓާ މި ގޭމުން ފެނިގެންދާނެކަން ވަނީ ކަށަވަރުވެފައެވެ.

ރޮކްސްޓާ ގޭމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ގޭމް ނިމޭނެ ދެ ގޮތަށްވުރެ ގިނަ ގޮތްތައް ހުންނާނެއެވެ. އަދި ގޭމްގައި ހިމެނޭ 91 މިޝަން ފުރިހަމަ ކުރުމުން ނޫނީ ޗީޓް ކޯޑްތައް ބޭނުން ނުކުރެވޭ ގޮތަށް ހަދާފައިވާއިރު، ކުޅުންތެރިންނަށް ވަނީ ތާޑް-ޕާސަން ވިއުގެ ބަދަލުގައި ފަސްޓް-ޕާސަން ވިއުގައި ކުޅެވޭ ގްލިޗެއް ވެސް މިހާރު ފެނިފައެވެ.

ޓެގް

ޖީޓީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.