ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގަދަރާއި ހިތްވަރު ދޭންޖެހޭ: މެޑަމް ސާޖިދާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގަދަރާއި ހިތްވަރާއި އެހީތެރިކަން ދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ”ފަހި ޕްރޮގްރާމް – އެކުއެކީ، ގުޅިގެން“ މި ޝިއާރުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ޔަޤީންކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުންނެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމްތަކުން އިންސާނީ ކަރާމަތް ހިމާޔަތްކުރެވޭނެކަމަށާއި، ހުރިހާ ދިވެހިންނަކީ ހަމަހަމަ ބައެއްކަން އަމަލީގޮތުން ސާބިތުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތުގައި، ރައީސްގެ އަނބިކަނބަލުން ވަނީ އެމް.ޕީ.އެލް.ގެ ވަޒީފާއާ އަލަށް ގުޅުނު 30 ފަރާތަށް ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

މީގެއިތުރުން، މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. ޢާއިޝަތު ޝިހާމް ވަނީ އެމް.ޕީ.އެލް.ގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރާ އެކްސެސިބިލިޓީ ފީޗަރ އިފްތިތާޙްކޮށްދެއްވާފައެވެ. ރައީސްގެ އަނބިކަނބަލުން މިފަދަ ކަންކަމަށް ދެއްވާ އިސްކަން ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެމް.ޕީ.އެލް.ގެ ސީ.އީ.އޯ މުޙައްމަދު ރިޝްވާން ވަނީ އެކަމަނާއަށް ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close