ޚަބަރު ރަސްމާލެ މާސްޓަރ ޕްލޭން އެކުލަވާލާނެ ބަޔަކު ހޯދުމަށް ހުޅުވާލި ފުރުސަތު ދިގުދަންމާލައިފި

ރަސްމާލެ މާސްޓަރ ޕްލޭން އެކުލަވާލާނެ ބަޔަކު ހޯދުމަށް ހުޅުވާލި ފުރުސަތު ދިގުދަންމާލައިފި

ރަސްމާލެ މާސްޓަރ ޕްލޭން އެކުލަވާލާނެ ބަޔަކު ހޯދުމަށް ހުޅުވާލި ފުރުސަތު ދިގުދަންމާލައިފި
ރަސްމާލެ ޕްރޮޖެކްޓް --

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލައިދޭނެ ކޮންސަލްޓެންޓެއް ހޯދުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރިން ކޮށްފައިވާ އިޢުލާނަށް އެޑެންޑަމެއް ނެރެ، އެކަމަށް ކުރިމަތިލުމުގެ ސުންގަޑި އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މަސައްކަތަށް ޝައުޤުވެރިވާ އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 03 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އެވެ.

މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަން ޖެހޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ބިޑު ހުށަހެޅުން ކުރިއަށްދާނީ ދަރުބާރުގޭގައި ހުންނަ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ އިދާރާގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ވުޒާރާގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ނަންބަރު 4004900 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން މުޢާމަލާތު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ޓެގް

ރަސްމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.