ބޭރުދުނިޔެ އެމެރިކާގެ ވައިގެ ދަތުރުފަތުރަށް ދިމާވި ބުރޫއެރުން އާދީއްތަ ދުވަހުގެ ރެއާ ހަމައަށް ދެމިގެންދާނެ: އެފްއޭއޭ

އެމެރިކާގެ ވައިގެ ދަތުރުފަތުރަށް ދިމާވި ބުރޫއެރުން އާދީއްތަ ދުވަހުގެ ރެއާ ހަމައަށް ދެމިގެންދާނެ: އެފްއޭއޭ

އެމެރިކާގެ ވައިގެ ދަތުރުފަތުރަށް ދިމާވި ބުރޫއެރުން އާދީއްތަ ދުވަހުގެ ރެއާ ހަމައަށް ދެމިގެންދާނެ: އެފްއޭއޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ބޮޑު މައްސަލައަކާ ގުޅިގެން މުޅި ގައުމުގެ އުދުހުންތައް ހުއްޓާލުމަށްފަހު، ޝެޑިއުލްތައް އާންމު ހާލަތަކަށް ގެނައުމަށް އާދީއްތަ ދުވަހުގެ ރެއާ ހަމައަށް ވަގުތު ނަގާނެ ކަމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) ގެ ވެރިޔާ ބްރަޔަން ބެޑްފޯޑް ވިދާޅުވެއްޖެއެވެ.

އާންމު މަރާމާތެއްގެ ތެރެއިން ދިމާވި މައްސަލައަކާ ގުޅިގެން ހުކުރު ދުވަހު އެފްއޭއޭ އިން ވަނީ ގާތްގަނޑަކަށް ފަސް ގަޑިއިރު ވަންދެން މުޅި އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ފުރުން ހުއްޓުވާފައެވެ. މިއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު އެމެރިކާގެ ވައިގެ ދަތުރުފަތުރު އެހާ ގިނަ ވަގުތަށް ހުއްޓުނު ފުރަތަމަ ފަހަރެވެ.

މި ހާދިސާއާ ގުޅިގެން ހުކުރު ދުވަހު އެކަނިވެސް 9،200 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށް، 7،500 ފްލައިޓް ޑިލޭވިއެވެ. އަދި ހޮނިހިރު ދުވަހު 6،400 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށް 8،000 އަށްވުރެ ގިނަ ފްލައިޓް ޑިލޭވެފައިވާއިރު، އާދީއްތަ ދުވަހަށް ޝެޑިއުލްކޮށްފައިވާ 875 ފްލައިޓެއް މިހާރުވެސް ވަނީ ކެންސަލްކޮށްފައެވެ. މީގެ ސަބަބުން އެތައް ހާސް ފަސިންޖަރުންނެއް ވަނީ އެއާޕޯޓްތަކުގައި ތާށިވެފައެވެ.

މި މައްސަލަ ދިމާވީ ސައިބަރ ހަމަލާއަކުންތޯ ބެލުމަށް ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ކުއްލި ބައްދަލުވުމެއްވެސް ބޭއްވިއެވެ. ނަމަވެސް އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ މައްސަލަ ދިމާވީ އެފްއޭއޭގެ ކޮންޓްރެކްޓަރެއް ކަމަށްވާ އެލް3ހެރިސް (L3Harris) އިން ދުރު ހިސާބެއްގެ ފެސިލިޓީއެއްގައި އާ ރައުޓަރެއް ހަރުކުރުމުގެ ތެރޭގައި ކަމަށެވެ.

ޑަފީ ވިދާޅުވި ގޮތުގައި ރައުޓަރުގެ މައްސަލައާ ގުޅިގެން ކޮންމެ ހަތަރު ނުވަތަ ފަސް ސިކުންތަކުން 1،000 އަށްވުރެ ގިނަ ކަނެކްޝަން ރިކުއެސްޓް ފޮނުވުމުގެ ސަބަބުން މުއާސަލާތީ ސެންޓަރުތަކަށް ބާރުބޮޑުވިއެވެ. މީގެ ސަބަބުން އެފްއޭއޭގެ 22 އެންރޫޓް ސެންޓަރުގެ ތެރެއިން 17 ސެންޓަރެއްގައި މަތިންދާބޯޓުތަކާ މުއާމަލާތް ކުރުމަށާއި ރާޑަރު ނިޒާމަށް ބުރޫއެރިއެވެ.

މި ހާދިސާއާ ގުޅިގެން ޑެލްޓާ އެއާލައިންސް، ޔުނައިޓެޑް އެއާލައިންސް އަދި އެމެރިކަން އެއާލައިންސްގެ ހޮނިހިރު ދުވަހުގެ ދަތުރުތަކުގެ 25 އިންސައްތަ ކެންސަލްކުރިއިރު، ޖެޓްބްލޫ އިން ވަނީ 45 އިންސައްތައާ ގާތްކުރާ އަދަދަކަށް ފްލައިޓްތައް ކެންސަލްކޮށްފައެވެ. އެއާލައިންތަކުން މިހާރު ވަނީ އިތުރު އަގަކާ ނުލައި ފަހުގެ ތާރީޚުތަކަށް ޓިކެޓް ބަދަލުކުރުމުގެ ފުރުސަތު ފަސިންޖަރުންނަށް ހުޅުވާލާފައެވެ.

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމު ބާވެފައިވުމާއި މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާތީ، އެ ނިޒާމު އަޕްގްރޭޑް ކުރުމަށް 50 ބިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައިދިނުމަށް ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޑަފީ ވަނީ އެދިވަޑައިގެންފައެވެ.

ޓެގް

އެމެރިކާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.