ޚަބަރު އަންހެނުންނަކީ ޤައުމުގެ އަސްލު، އިޙްތިރާމް ދޭންޖެހޭ: ފަސްޓް ލޭޑީ

އަންހެނުންނަކީ ޤައުމުގެ އަސްލު، އިޙްތިރާމް ދޭންޖެހޭ: ފަސްޓް ލޭޑީ

އަންހެނުންނަކީ ޤައުމުގެ އަސްލު، އިޙްތިރާމް ދޭންޖެހޭ: ފަސްޓް ލޭޑީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަންހެނުންނަކީ އުންމަތެއް ނުވަތަ ޤައުމެއް ދިރިގެން އައުމުގެ އަސްލުކަމަށާއި، އެބައިމީހުންނަށް ފުރިހަމަ ގަދަރާއި އިޙްތިރާމް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ “ރެހެންދި އެވޯޑް” ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ޙަފްލާގައި ރެހެންދި އެވޯޑް 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ޙާސިލުކުރެއްވި ފަރާތްތަކަށް އެކަމަނާ ވަނީ ބްރޫޗާއި އެވޯޑް ޙަވާލުކޮށްދެއްވާފައެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވަނީ މަތިވެރި މަޤާމެކެވެ. އެއްވެސް ކަމެއްގައި އަންހެނަކަށްވީތީ ނިކަމެތިކަމެއް ނުވަތަ ބޭއިންސާފެއް އިސްލާމްދީނުގައި ލައްވާފައި ނުވާކަމަށާއި، މަންމައިންނަކީ ކޮންމެ އިންސާނެއްގެވެސް އެންމެ ފުރަތަމަ މުދައްރިސްކަމާއި، ޤައުމެއް ބިނާކުރުމުގައި މޭސްތިރިއަކީ މަންމަ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރެހެންދި އެވޯޑަކީ އަންހެނުންގެ ކިބައިގައި ހުންނަ ހުނަރުވެރިކަމާއި ކުޅަދާނަކަމާއި ހިތްވަރު ރަމްޒުކޮށްދޭ އެވޯޑެއްކަމަށެވެ. އަދި މިއީ އަންހެނުން ކުރާ މަތިވެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށްޓަކާ ދެވޭ އެވޯޑެއްކަމަށް ފަސްޓް ލޭޑީ ސާޖިދާ ސިފަކުރެއްވިއެވެ. އެކަމަނާ ވަނީ މިއަހަރު އެވޯޑް ޙާސިލުކުރެއްވި ހުރިހާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

ޓެގް

ސާޖިދާ ރެހެންދިއެވޯޑް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.