ޚަބަރު ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔަންޖެހޭ: ރައީސް މުއިއްޒު

ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔަންޖެހޭ: ރައީސް މުއިއްޒު

ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔަންޖެހޭ: ރައީސް މުއިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

، ސިޔާސީ ޖަޒުބާތުތަކާއި އަމިއްލަ އެދުންތަކުގެ ކުރިއަށް ގައުމީ އިޚްލާޞްތެރިކަން ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި މިއަދު މީސްމީޑިއާ މެދުވެރިކުރައްވައި ދެއްވި ޚާއްޞަ މެސެޖެއްގައެވެ.

ރައީސްގެ މެސެޖުގައި ވަނީ، ޒާތީ އަރާރުންތަކަށްވުރެ މުޅި ޖަމާޢަތުގެ މަސްލަހަތާއި ބާއްޖަވެރިކަން އިސްކުރުމަށް ގޮވާލައްވާފައެވެ. އަދި ވެރިކަމުގެ ދަހިވެތިކަމާއި އެކަކު އަނެކަކަށް އޮންނަ ހަސަދަވެރިކަން އެއްކައިރިކޮށް، ގައުމީ ސަލާމަތާއި، ފުދުންތެރިކަން އަދި ރައްޔިތުންގެ އުފާފާގަތިކަމަށް އިސްކަންދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ދަރަނީގެ ނުރައްކާތެރި ދަންތުރައިގައި ގައުމު ހަލާކުވެގެން ދިޔުމުގެ ބަދަލުގައި، އިގުތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ ތަނަވަސް ފަތިހަކަށް މަރުހަބާ ކިޔުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މި މެސެޖުގައި ރައީސް ވަނީ މަލާބާރީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވި މަތިވެރި ބަތަލު، އައްސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރައްވާފައެވެ. އަދި ދިވެހި އުންމަތަށް އަބަދުމެ ކުރިއެރުމާއި ކާމިޔާބީ މިންވަރުކުރައްވައި، ގައުމުގެ މިނިވަންކަން ދަމަހައްޓަވައިދެއްވުމަށް އެދިވަޑައިގެން މާތް ﷲ ގެ ހަޟުރަތުގައި ދުޢާ ދެންނެވިއެވެ.

ހުރަވީ ދުވަހަކީ މީގެ ގާތްގަނޑަކަށް ތިން ގަރުނު ކުރިން، ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހު ހޮޅިންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުނު މުހިންމު ހާދިސާ ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ދިވެހިން ފާހަގަކުރަމުން އަންނަ ގައުމީ ދުވަހެކެވެ. މިއަދުގެ ދުނިޔޭގެ މަސްރަހަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޒަމާނަށް އައިސްފައިވާ ބަދަލުތަކާއެކު ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ވިސްނުން ފުންކޮށް، މާޒީގެ ތާރީޚުން ފިލާވަޅު ލިބިގަނެ މުސްތަގުބަލު އުޖާލާކުރަން ޖެހިފައިވާ ކަމަށެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.