ޚަބަރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ހުދުސަމާލު ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއަށް މިހާރު ކުރަމުންމިދާ ދެމޫސުންބައްދާ ވިއްސާރައިގައި ނ އަތޮޅުންފެށިގެން ލ އަތޮޅާއި ހަމައަށް މޫސުމާ ބެހޭ ޤަޢުމީ ޢިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ ޢިދާރާއިން މިއަދު ހެނދުނު 6:00އިން މެންދުރު 12:00 އަށް ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ވީނިއުސްއަށް މަޢުލޫމާތުދެމުން މޫސުމާބެހޭ ޤައުމީ ޢިދާރާއިން ބުނީ އުތުރާއި މެދުރާއްޖެތެރެއަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެއިރު ދެކުނަށް 15 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ހުރިހާ ހިސާބަކަށްވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވަނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތަށް ވެސް އާދައިގެ ވަރަށް ގަދަވާނެ ކަމަށާއި އުތުރުގެ ކަނޑުތައް މަޑުވާނެކަމަށްވެސް މޫސުމާބެހޭ ޤަޢުމީ ޢިދާރާއިން މަޢުލޫމާތުދެއެވެ.

އަދި ކުރިއަށްއޮތް 3 ދުވަހުވެސް މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށްވެސް މޫސުމާ ބެހޭ ޤަޢުމީ ޢިދާރާއިން މަޢުލޫމާތުދެއެވެ.

ޓެގް

މޫސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.