ޚަބަރު ފަލަސްތީނަށް އަނިޔާ ކުރާހާ ހިނދަކު އިސްރާއީލީންނަށް ރާއްޖެއަކުން މަރުޙަބާ ނުކިއާނެ: ރައީސް މުއިއްޒު

ފަލަސްތީނަށް އަނިޔާ ކުރާހާ ހިނދަކު އިސްރާއީލީންނަށް ރާއްޖެއަކުން މަރުޙަބާ ނުކިއާނެ: ރައީސް މުއިއްޒު

ފަލަސްތީނަށް އަނިޔާ ކުރާހާ ހިނދަކު އިސްރާއީލީންނަށް ރާއްޖެއަކުން މަރުޙަބާ ނުކިއާނެ: ރައީސް މުއިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނަށް އަނިޔާވެރިވާހާ ހިނދަކު، އިސްރާއީލްގެ ރައްޔިތުންނަށް ރާއްޖެއަކުން މަރުޙަބާ ނުކިއާނެކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީޚުގައިވެސް ބޭއްވި އެންމެ ބޮޑު އެއްވުން ކަމަށްވާ ”ދިވެހިންގެ ރާއްޖެ“ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މިހެން ވިދާޅުވިއިރު، އެމަނިކުފާނު ވަނީ އިސްރާއީލް ފިޔަވައި ހުރިހާ ގައުމަކަށް މަރުހަބާ ކިއާނެ ކަމަށާއި، މިތަނުގެ ރީތި ބީޗުތަކަށް އިސްރާއީލީންނަށް މަރުހަބާ ނުކިއާނެ ކަމަށްވެސް ހާމަކުރައްވާފައެވެ.

މި ނިންމެވުމަކީ، ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންގެންދިޔަ ހަމަލާތަކާ ގުޅިގެން ރާއްޖެއިން އެޅި ފިޔަވަޅެކެވެ. އިސްރާއީލުގެ އެއްވެސް މީހަކު ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް، ގާނޫނަށް ބަދަލު ގެނެސްގެން އިސްރާއީލް ޕާސްޕޯޓް ބޭން ކުރުމުގެ ބިލް، ރައްޔިތުންގެ މަޖިލީހުން އޭޕްރީލް 15 ވަނަ ދުވަހު ފާސްކުރެއްވުމާ އެކު، ރައީސް ޑރ. މުއިއްޒު ވަނީ ހަމަ އެ ދުވަހު ތަސްދީގުކުރައްވާފައެވެ. މިއީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ގެނެވުނު ތިންވަނަ އިސްލާހެވެ.

ރައީސް ވިދާޅުވިގޮތުގައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމުން ވަރަށް ބޮޑެތި ފިއްތުންތައް އައި ނަމަވެސް، އެކަމަށް ސަމާލުކަމެއް ނުދެއްވައި އެމަނިކުފާނު ވަނީ މި ނިންމެވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ހަމަލާތައް ދެމުން އަންނައިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަމުން ދިޔަ ނަމަވެސް، އިސްރާއީލުން އަދިވެސް ހަމަލާތައް ދެމުންގެންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ޓެގް

ޑރ.މުއިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.